ބޭންކް އޮފް މޯލްޑިވްސްގެ ކްރެޑިޓް ކާޑު ބޭނުންކޮށްގެން ވިޔަފާރިކުރާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަނުގައި ކްރެޑިޓް ކާޑު ބޭނުންކޮށްގެން ވިޔަފާރި ކުރާ ކަސްޓަމަރުންގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ ފަރާތަކަށް ހުރިހާ ހަރަދެއް ހިމެނޭހެން މެލޭޝިއާ އާއި ތައިލެންޑަށް ދިޔުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

Ad
rt

މީގެ އިތުރުން އަލަށް ކްރިޑް ކާޑަށް އެދި ހުށަހަޅާ ކަސްޓަމަރުންނަށް ބައެއް އިނާމުތައް ހޯދުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ.

ބީއެމްއެލް އިން ބުނީ 31 އޮކްޓޫބަރު ގެ ކުރިން ކްރެޑިޓް ލިމިޓްގެ 80 އިންސައްތަަ ބޭނުންކުރާ ފުރަތަމަ 300 ކަސްޓަމަރުންނަށް 1،500 ރުފިޔާގެ ކޭޝްބެކް ލިބޭނެ ކަމަށެވެ. އަދި މި މުއްދަތުގައި ބީއެމްއެލް ރިވާޑްސްއަށް ރަޖިސްޓްރީ ކުރާ އައު ކްރެޑިޓް ކާޑު ކަސްޓަމަރުންނަށް އިތުރު 1000 ރިވާޑް ޕޮއިންޓް ލިބޭނެކަމަށްވެސް ބޭންކުން މައުލޫމާތު ދެއެވެ.

ބީއެމްއެލްއިން މައުލޫމާތު ދޭ ގޮތުގައި އަލަށް ކްރެޑިޓް ކާޑު ބޭނުންކުރާ ކަސްޓަމަރުންނާއި މިހާރުވެސް ކްރެޑިޓް ކާޑު ބޭނުންކުރަމުންދާ ކަސްޓަމަރުންގެ ތެރެއިން 31 އޮކްޓޫބަރު 2023 ގެ ކުރިން ކްރެޑިޓް ކާޑުން 3000 ރުފިޔާގެ ވިޔަފާރިކުރާ ކަސްޓަމަރުންނަށް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެއެވެ.