މިސްރަށް ދާ ދިވެހިިންނަށް އޮންއެރައިވަލް ވިސާ ލިބޭގޮތް ހަދައިފިއެވެ.
ދިވެހި ހާރިޖިއްޔާ އިން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ ރާއްޖެއިން މިޞްރަށް ދަތުރުކުރާ ދިވެހިންނަށް ވިސާ އޮން އެރައިވަލް (އިމަޖެންސީ އެންޓްރީ ވިސާ) ގެ ދަށުން ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި އިންތިޒާމުގެދަށުން، ދިވެހި ޕާސްޕޯޓް (އޯޑިނަރީ، ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓް) އޮންނަ ފަރާތްތަކުން މިޞްރަށް ދަތުރުކޮށް އެ ގައުމަށް އެތެރެވާ ދުވަހުން ފެށިގެން ގިނަވެގެން 30 ދުވަހުގެ މުއްދަތަކަށް އެ ގަމުގައި ތިބެވޭނެ ކަމަށެވެ.
އެ ވުޒާރާ އިން ވިދާޅުވީ މި ވިސާއަކީ ޓޫރިސްޓް ވިސާއެއް ކަމަށާއި މި ވިސާގެ ފީއަކީ 25 ޑޮލަރު ކަމަށެވެ.
މީގެ އިތުރުން ހާރިޖީ ވުޒާރާ އިން ވިދާޅުވީ ދިވެހި ޕާސްޕޯޓް އޮންނަ ފަރާތްތަކަށް ވިސާ އޮން އެރައިވަލް ދިނުމަށް މިޞްރު ސަރުކާރުން ނިންމާފައިވީ ނަމަވެސް، 30 ދުވަހަށްވުރެ ދިގު މުއްދަތަކަށް މިޞްރަށް ޒިޔާރަތްކުރާ ނުވަތަ ވަޒީފާ އަދާކުރުމަށް ނުވަތަ ތަޢުލީމް ޙާޞިލްކުރުމަށް ނުވަތަ މިޞްރުގައި ވިޔަފާރިކުރުމަށް ބޭނުންވާ ދިވެހިން މިޞްރަށް ދަތުރުކުމުގެކުރިން އެކަމަކާއިގުޅޭ ވިސާއެއް ނަގަންޖެހޭނެ ކަމަށެވެ.
ދިވެހިންނަށް މިޞްރަށް ވިސާ އޮން އެރައިވަލް ދިނުމަށް މިޞްރު ސަރުކާރުން ނިންމި މި މުހިންމު ނިންމުން، ދިވެހި ސަރުކާރުން ދެކެނީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ރަޙުމަތްތެރި ގުޅުމާއި މިޞްރުން ރާއްޖެއަށް ދޭ ހާއްސަ އަހައްމިއްޔަތުކަމުގެ ރަމްޒެއްގެ ގޮތުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!