"ވަންގަވް" ޕްލެޓްފޯމް މިއަދު ތައާރަފް ތައާރަފް ކުރަން ނިންމައިފިއެވެ.
މިއީ ސަރުކާރުންދޭ ހިދުމަތްތައް ފަސޭހަކަމާއެކު ޑިޖިޓަލްކޮށް ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ގާއިމްކޮށްފައިވާ ޕްލެޓްފޯމެކެވެ.
މިއަހަރު ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސާލިހު ވިދާޅުވެފައިވަނީ ސަރުކާރުން ހޯދާ ހިދުމަތް ލިބުމުގައި ރައްޔިތުންނަށް އޮތް ތަކުލީފަކީ ކިޔުގައި ޖެހިގެން ގިނަވަގުތު ހޭދަކުރަން ޖެހުމާއި ފޯނު ނުނެގުމާއި ޖަވާބެއް ނުލިބުމުގެ މައްސަލަ ކަމަށެވެ.
ރައީސް ވިދާޅުވެފައިވަނީ ވަންގަވް ލޯންޗުވުމުން އިކޮނޮމިކް މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީ އާއި ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރާއި، ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ އަދި ފުވައްމުލަކު ސިޓީ ކައުންސިލުން ދޭ ހިދުމަތް މުޅިން އޮންލައިން ވާނެ ކަަމަށެވެ.
މީގެއިތުރުން މާލެ، އައްޑޫ އަދި ފުވައްމުލަކުގައި ފިޒިކަލް އެކްސްޕީރިއަންސް ސެންޓަރުތަކެއް ގާއިމް ކުރައްވާނެ ކަމަށާއި އެތަނުން އޮންލައިންކޮށް ހިދުމަތް ލިބިގަންނަން ދަތި ރައްޔިތުންނަށް ހިދުމަތްދޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މި ހިދުމަތްތައް ތައާރަފްވުމާ އެކީ މުޅި ރާއްޖެ ޑިޖިޓަލް ވާނެ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން އެކަންކަމަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ގާއިމުކުރާ "ވަން-ގަވް" ގެ ހިދުމަތަކީ ސަރުކާރުން ގެނެސްދޭ ޒަމާނީ ހައްލަކަށް ވާނެއެވެ.
މީގެ ކުރިން މި ހިދުމަތް ތައާރަފް ކުރުމަށް ނިންމާފައިވަނީ މިއަހަރުގެ މާރިޗު މަހުއެވެ. އެހެންނަމަވެސް އެކަން ލަސްވެ، މި ޖުލައި މަހު އެކަން ކުރުމަށް ނިންމި ސަބަބު ސަރުކާރުން އަދިހާމައެއް ނުކުރައްވައެވެ.
މުޅި ރާއްޖެ ޑިޖިޓަލައިޒް ވުމަށް ކުރާ މަސައްކަތުގެ ތެރެއިން މިހާރު ޕާސްޕޯޓަށް އެދި ހުށަހެޅުމަށް ވެސް ކިއުގައި މަޑު ކުރަން ނުޖެހޭ ގޮތް ވަނީ ހަދާފައެވެ. އެގޮތުން މިހާރު ޕާސްޕޯޓަށް އެދި އޮންލައިކޮށް ހުށަހެޅޭ އިރު، ޑިޖިޓަލް އައިޑީކާޑް ވެސް ވަނީ ލޯންޗް ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!