އުރީދޫ މޯލްޑިވްސްގެ އީކޮމާސް ޕްލެޓްފޯމް، މޫލީ އާއި ދިވެހި އުފެއްދުންތަކަށް ހާއްސަ ލުއިކާނާއާ ދެމެދު ޕާޓްނާޝިޕެއް ހަދައިފިއެވެ.

މި ޕާޓްނާޝިޕްގެ ދަށުން ދިވެހި ރަހަތަކުގެ ދިވެހި އުފެއްދުންތައް މުޅި ރާއްޖެއަށް ފޯރުކޮށްދޭނެއެވެ.

Ad
rt

ރާއްޖޭގައި މިހާރު ދިވެހި ލުއިކާނާގެ ބާވަތްތައް ދިވެހިންގެ މެދުގައި ވަނީ މަގުބޫލުކަން އިތުރުވެފައެވެ. އެހެންވެ، ލުއިކާނާ ބްރޭންޑާއެކު އުފެއްދި ޕާޓްނާޝިޕާއެކު މޫލީގެ މަގުސަދަކީ ދިވެހިންގެ މެދުގައި އިތުރުވަމުން އަންނަ ޑިމާންޑަށް މިފަދަ ކެއުމުގެ ބާވަތްތައް ފޯރުކޮށްދިނުމެވެ.

ލުއިކާނާއިން ލިބެން ހުންނަ ގިނަ އަދަދެއްގެ ކާނާ މިހާރު މޫލީ މެދުވެރިކޮށް ލިބެން ހުންނާނެއެވެ. މީގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ހާއްސަ ކެއުންތައް ހިމެނެއެވެ.

ލުއިކާނާއިން ލިބެން ހުންނަ ތަކެތީގެ ތެރޭގައި އައްޑޫ ބޮނޑި، ތެލުލި ބަނބުކެޔޮ، މުރުމުރު، އުޅާލި، ތުނިޔަ، އަތުޖެހި، ކުދި ކާޖާ، ފޮނިމާ، ފަދަ މީރު ލުއިކާނާ ހިމެނެއެވެ.

މޫލީ މެދުވެރިކޮށް ވިޔަފާރި ކުރާ ކަސްޓަމަރުންނަށް ރާއްޖޭގެ ކޮންމެ ރަށަކަށްވެސް ހިލޭ ޑެލިވަރީގެ ހިދުމަތް ލިބޭނެއެވެ.