ސައުދީ އަރަބިއްޔާގެ އަލް ހިލާލް ކްލަބަށް ކުޅެން އެއް ބިލިއަން ޕައުންޑަށް ވުރެ ބޮޑު އަގެއްގައި ލިއޮނަލް މެސީ އެއްބަސްވެފައިވާ ކަމަށް ބޭރުގެ ނޫސްތަކުން ބުނެފި އެވެ.
ބޭރުގެ ބައެއް ނޫސްތަކުން ބުނެފައ މެސީގެ ބައްޕަ ޖޯޖް ވަނީ އެންމެ ބޮޑު މުސާރައެއް ލިބޭ ކުޅުންތެރިޔާއަށް ވުމަށް ސައުދީ ޕްރޯ ލީގުން ހުށަހެޅި ހުށަހެޅުމެއް ގަބޫލުކޮށްފަ އެވެ. މެސީ އެ ކޮންޓްރެކްޓް ނަގާނަމަ ދެ އަހަރު ތެރޭގައި 1.2 ބިލިއަން ޔޫރޯގެ އާމްދަނީއެއް ލިބޭނެ އެވެ.
މި އެއްބަސްވުމުގެ ސަބަބުން ސައުދީގެ އަލްނަޞްރާއެކު މިހާރުވެސް މެދުއިރުމަތީގައި ކުޅެމުންދާ ކްރިސްޓިއާނޯ ރޮނާލްޑޯއާ އެކު ކުޅުމުގެ ފުރުސަތު މެސީއަށް ލިބޭނެ އެވެ.
އަލް ހިލާލް އިން މެސީއަށް ހުށަހަޅާފައިވާ ކޮންޓްރެކްޓަކީ އަލް ނަސްރުގައި ރޮނާލްޑޯއަށް ލިބޭ މިންވަރަށް ވުރެ ދެގުނަ ބޮޑު ކޮންޓްރެކްޓެއް ކަމަށް ބުނެވެ އެވެ.
ދެ އަހަރަށް ފަހު މެސީ މިއަހަރު ލީގު ދޫކޮށްލާނެ ކަމަށް ގިނަ ބަޔަކު ދެކެ އެވެ. މިއަހަރު ޕީއެސްޖީއިން މެސީ ސަސްޕެންޑްކުރި އެވެ. އެއީ މި ސީޒަނުގެ ކުރީކޮޅު ސައުދީ އަރަބިއްޔާއަށް ޝެޑިއުލް ނުކޮށް ދަތުރެއް ކުރުމުންނެވެ.
ބާސެލޯނާއަށް އެނބުރި އައުމަށް މެސީ އަދިވެސް ޝައުގުވެރިވެ އެވެ. ނަމަވެސް އޭނާގެ ކުރީގެ ކްލަބުގެ މާލީ ކަންކަމާ މެދު ޝައްކުތަކެއް އެބަހުއްޓެވެ. އެހެންވެ ފައިސާ ހޯދަން އެތައް ކުޅުންތެރިންނެއް ވިއްކަން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.
އަލް ހިލާލް އިން ހުށަހަޅާފައިވާ ކޮންޓްރެކްޓަކީ އަލް ނަސްރުގައި ރޮނާލްޑޯގެ ދެގުނަ އަގުހުރި ކޮންޓްރެކްޓެއް ކަމަށް ބުނެވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!