މ. މަޑުއްވަރީ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ އިއްޔެއެވެ.

Ad
rt

މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުމުގެ މަސައްކަތެވެ.

މި މަޝްރޫއުގެ ދަށުން، 38,800 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 54,093 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 18,578.60 ކިއުބިކް މީޓަރުގެ އިތުރު ސާމާނު ފުންކުރުމާއި، 600 މީޓަރުގެ ބޭރުތޮށި ލުމާއި، 122 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރާނެއެވެ.

މީގެ އިތުރުން މި މަޝްރޫއުގެ ދަށުބް 111,471 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މިއީ 48.19 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.