ޗާގޯސް މައްސަލައިގާ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެގ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާ ބައްދަލުކޮށްފިއެވެ.

އެ މައްސަލައިގާ ޕީޕީއެމް/ ޕީއެންސީ ކޯލިޝަންގެ ފަރާތުން މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީޕީއެމްގެ ނައިބުު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އާއި މަހިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ތޯރިގު (ޓޮމް) އެވެ.

Ad
rt

މި ބައްދަލުކުރެއްވުމުގައި ނަޝީދުގެ އިތުރުން ފިކުރެއްގެ ދިރުމުން ބައިވެރިވެވަޑައިގެންނެވީ އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރު އެވެ.

އެހެންނަމަވެސް މި ބައްދަލުކުރެއްވުމާއި ގުޅޭ އިތުރުތަފްސީލެއް އެއްވެސް ފަރާތަކުން އަދިހާމައެއް ނުކުރެއެވެ.

ޕްރޮގްރެސިވް ކޯލިޝަނުން، ނަޝީދު އާ ބައްދަލުކޮށްފައިވާއިރު، ނަޝީދާއި އެމަނިކުފާނުގެ ފިކުރެއްގެ ދިރުމުގެ ޓީމުން ބުނަމުން ދަނީ ޗާގޯސް މައްސަލައިގައި އިޓްލޮސް އިން ނިންމި ނިންމުމަށް އިހްތިރާމް ކުރަން ޖެހޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ޗާގޯސް ދޫކޮށްލި މައްސަލައިގައި އެމްޑީޕީއާ އެކު މިއަހަރުގެ ރިޔާސީ އިންތިހާބަށް ކޯލިޝަން ހަދާފައިވާ ޕާޓީތައް ފިޔަވައި ހުރިހާ ޕާޓީތަކެއް ދެކޮޅު ހަދަމުންދާއިރު، އޭގެ ތެރޭގައި ޖޭޕީ، ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުން، ޕީޕީއެމް/ ޕީއެންސީ ކޯލިޝަން، އެމްއާރުއެމް ހިމެނެއެވެ. އަދި ކުރީގެ އެޓާނީ ޖެނެރަލް ޑރ. މުހައްމަދު މުނައްވަރާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ހިމެނެއެވެ.