ރާއްޖޭގެ އެކި ހިސާބުތަކަށް އުދަ އަރާފާނެ ކަމަށް ލަފާކުރެވޭތީ އެކަމަށް ސަމާލުވުމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ބުނެފިއެވެ.

އެ އިދާރާ އިން ބުނީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނާއި މެދު ރާއްޖެ ތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށެވެ.

Ad
rt

ރާއްޖޭގެ އެންމެ އުތުރުގެ އަތޮޅުތަަކަށް މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެކަން ހާމަކޮށް އެ އިދާރާއިން ބުނީ އެހެން ހިސާބުތަކުގެ ބައެއް ރަށްތަކަށް ވިއްސާރަ ކުރުން އެކަށީގެންވާ ކަމަަށެވެ.

މެޓް އޮފީހުން އިތުރަށް ބުނީ ވައިޖެހޭނެ ކަމަށް ލަފާ ކުރެވެނީ ހުޅަނގު ދެކުނާއި، ހުޅަނގުން، ގަޑިއަކު ތިން މޭލާއި 13 މޭލާއި ދެމެދުގެ ބާރު މިނުގައި ކަމަށާއި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަަޑުވާނެ ކަމަށެވެ.

އެހެންނަމަވެސް ރާޅުގެ އުސްމިން ދެ ފޫޓާއި ފަސް ފޫޓަށް އުފުލޭނެ ކަަމަށް ލަފާކުރެވޭ ކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ.