ރޭ މާލެއަށް ކުރި ބޯ ވިއްސާރާގައި ގަހެއް ވެއްޓި ވެހިކަލްތަކަށް ގެއްލުން ލިބިއްޖެއެވެ.

ހެންވޭރު ސަހަރާ ކައިރީގައި ހުރި ބިޔަ ގަހެއް ވެއްޓުމުގެ ސަބަބުން ގަސް ކައިރީގައި ޕާކް ކޮށްފައި ހުރި ސައިކަލުތަކަކާއި އެތަނުގައި އޮތް ވޭނަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

Ad
rt

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ރާއްޖޭގެ އެކި ހިސާބަށް ކެރީގެ އަސަރު މިއަދު ފޯރާނެ ކަމަށާއި މެދު ރާއްޖޭގެ ބައެއް ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.

މީގެ އިތުރުން އިރާއި އިރުދެކުނުން، އުތުރާއި މެދުރާއްޖޭގެ އަތޮޅުތަކަށް ގަޑިއަކު ފަސް މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށް ލަފާކުރެވޭ ކަމަށާއި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު ތިން މޭލާއި 10 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވާނެކަމަށް ލަފާ ކުރެވޭ ކަމަށާއި ރާޅުގެ އުސްމިން މިއަދު ހުންނާނީ ދެ ފޫޓާއި ހަތަރު ފޫޓާއި ދެމެދުގައި ކަމަށް ވެސް އެ އިދާރާ އިން ވިދާޅުވެއެވެ.