މާލޭ ޖަލުގައި ތިބި ގައިދީން އެހެން ޖަލުތަކަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ބުނީ މާލޭ ޖަލުގައި ތިބި ގައިދީން ބަދަލުކުރަނީ ހުޅުމާލެ ޖަލަށާއި މާފުށި ޖަލަށް ކަމަށެވެ.
މާލޭ ޖަލު ހުސްކުރަނީ މިހާރު އެ ޖަލު ހުރި ތަނާއި ޖެހިގެން އޮތް ބިމުގައި ދަރުމަވަންތަ ސްކޫލްގެ އައު އިމާރާތް އެޅުމުގެ މަސައްކަތް ކުރާތީއެވެ.
އެޑިއުކޭޝަން މިނިސްޓްރީން އަންދާޒާކޮށްފައިވަނީ ކުރިއަށް އޮތް ދިރާސީ އައު އަހަރު ފަށާއިރު، ދަރުމަވަންތަ ސްކޫލްގެ ކިޔެވުން އައު އިމާރާތަށް ބަދަލު ކުރުމަށެވެ.
ދަރުމަވަންތަ ސްކޫލުގެ ކިޔެވުން ފެށުމުގެ ކުރިން މާލެ ޖަލު ހުސްކުރުމަށް، ސަރުކާރުން ވަނީ މިދިޔަ އަހަރު ކަރެކްޝަންސް އަށް އަންގާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!