ހިޔާގެ ބައެއް ޓަވަރުތަކުން ކަރަންޓުގެ ހިދުމަތް ކެނޑިއްޖެއެވެޡ

މި ހިދުމަތް މެދުކެނޑުނީ މިއަދު ހަވީރު 5:30 ހާއިރުއެވެ. ސްޓެލްކޯއިން ވަނީ ކަރަންޓު ކެނޑުމާއެކު ކަރަންޓު އަނބުރާ ފޯރުކޮށްދިނުމަށް މަސައްކަތް ފަށައިފައެވެ.

Ad
rt

އެ ކުންފުނިން ބުނި ގޮތުގައި ކަރަންޓު މެދުކެނޑިފައިވަނީ ހިޔާގެ ފުރަތަމަ ޓަވަރުގެ ސަބްސްޓޭޝަންގެ ސްވިޗްގިއަރގެ ބަސްބާ ޝޯޓުވުމާއި ގުޅިގެންނެވެ. އަދި ވީ އެންމެ އަވަހަކަށް އެ މައްސަލަ ހައްލު ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް އެ ކުންފުނީގެ މުވައްޒަފުން ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.

ސްޓެލްކޯއިން ހިޔާގެ ބައެއް ޓަވަރުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑެން މެދުވެރިވި، ހިޔާގެ ފުރަތަމަ ޓަވަރުގެ ސަބްސްޓޭޝަންގެ ސުވިޗްގިއަރ ބަދަލު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. މި މަސައްކަތަށް 3 ގަޑި އިރު ހޭދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ހިދުމަތް މެދުކެނޑުމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް ސްޓެލްކޯއިން މާފަށް އެދެއެވެ.