"ދީނުގެމަގު"ގައި ޝާއިޢުކޮށްފައިވާ ރަމަޟާންމަހާ ގުޅޭ ހުރިހާ ލިޔުންތަކެއް އެއްފޮތަކަށް ޖަމާކޮށް ހިލޭ ބަހަން ފަށައިފި އެވެ.

މި ފޮތަކީ ފާއިތުވި 2 އަހަރުގެ ރަމަޟާންމަހު "ދީނުގެމަގު"ގައި ޝާއިޢުކޮށްފައިވާ ރަމަޟާންމަހާ ގުޅުންހުރި ހުރިހާ ލިޔުންތަކެއް އެއް ފޮތެއްގައި ޖަމާކޮށް، "މަރުޙަބާ ރަމަޟާން 1444"ގެ ނަމުގައި ތައްޔާރުކުރި ފޮތެކެވެ.

Ad
rt

މި ފޮތުގެ 10،000 ކޮޕީ ދިވެހީރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބެހުމަށް ނިންމާފައިވާކަމަށް އެފަރާތުން ހާމަކުރެއެވެ. އެގޮތުން ރަށްރަށުގައި އެފޮތް ބެހުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލެވިފައިވެއެވެ. އެފަރާތްތަކުން 7350360 ނަންބަރު ފޯނާއި ގުޅައިގެން ކުރިއަށް ގެންދެވުން އެދެއެވެ.

އެފޮތް އޮންލައިންކޮށް ކިޔާލެވޭނެ ހެން ޕީޑީއެފް ފޯމެޓަށްވެސް ވަނީ ނެރެފަ އެވެ. ތިރީގައިވާ ލިންކުން ފޮތް ޑައުންލޯޑް ކުރެވޭނެ އެވެ.

އެފަރާތުން ކުރިއަށް ގެންދާ މިފަދަ އިތުރު މަސައްކަތްތަކަށް އެހީތެރިވުމުގެ ފުރުޞަތު ވެސް ވަނީ ހުޅުވާލެފައިފަ އެވެ.

7770000041351
DHEENUGEMAGU

2021ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން "ދީނުގެމަގު" ނަމުގައި ކުރަމުން އަންނަ ދަޢުވަތުގެ އެމަސައްކަތަށް ވަރަށް އެދެވޭ ކުރިއެރުންތަކެއް ވަނީ އައިސްފައެވެ. އެ ގޮތުން މީސްމީޑިއާގައި ދިވެހިން ބޭނުންކުރާ މަންސަތަކުގައި "ދީނުގެމަގު" ޗެނަލްތައް ހުޅުވުމާއި، މޯބައިލް ފޯނު އެޕްލިކޭޝަނެއް ތައްޔާރުކުރުމާއި، މަޖައްލާގައި ޝާއިޢުކުރާ ހުރިހާ ލިޔުންތައް އަޑުއަހައިލަން ބޭނުންވާ ފަރާތްތަކަށް ލިބޭނޭހެން ރެކޯޑުކޮށް މަޖައްލާ ޝާއިޢުކުރާ ދުވަހު އަޑު ޝާއިޢުކުރުން ހިމެނެވެ.

ޕީޑީއެފް ފޮތް: "މަރުޙަބާ ރަމަޟާން 1444"