ޓައިވާނަށް ޗުއްޓީ ހޭދަކޮށްލަން ދާ ފަތުރުވެރިންނަށް ފައިސާ ދޭން އެ ގައުމުން ނިންމައިފިއެވެ.

މިއީ ކޮވިޑަށްފަހު ޓައިވާނަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު އިތުރު ކުރުމަށް އެ ގައުމުގެ ސަރުކާރުން ނިންމި ނިންމުމެކެވެ. އެގޮތުން އެ ގައުމަށް ޒިޔާރަތް ކުރާ ކޮންމެ ފަތުރުވެރިއަކަށް 165އެމެރިކާ ޑޮލަރު ދިނުމަށް ވަނީ ނިންމައިފައެވެ.

Ad
rt

ވަކިވަކިން ދަތުރު ކުރުމުގެ އިތުރުން ގްރޫޕްތަކުގައި ދަތުރުކުރާ ފަރާތްތަކަށް އިތުރު ފައިސާ ލިބޭނެއެވެ. އެގޮތުން ފަތުރުވެރިންގެ ކޮންމެ ގްރޫޕަކަަށް 658 ޑޮލަރު ދިނުމަށް ވަނީ ނިންމައިފައެވެ.

މި ނިންމުންތައް ޓައިވާނުން އިއުލާން ކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

އެ ގައުމުގެ އަމާޒަކީ މިއަހަރު ހަ މިލިއަން ފަތުރުވެރިން އެ ގައުމަަށް ގެންދިއުމެވެ.

ޓައިވާންގެ ތަފާސްހިސާބުތައް ދައްކާގޮތުގައި 2022 ވަނަ އަހަރު އެ ގައުމަަށް ޒިޔާރަތް ކުރީ އެންމެ 900،000 ފަތުވެރިންނެވެ. މިއީ ކޮވިޑުގެ ކުރިން އެ ގައުމަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ ކުޑަ އިންސައްތައެކެވެ.

ކޮވިޑުގެ ކުރިން 2019 ވަނަ އަހަރު ޓައިވާނަށް 11.8 މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރިއެވެ.