ހިޓާޗީގެ އާ އުފެއްދުންތަކެއް އެސްޓީއޯއިން ރާއްޖޭގެ ބާޒާރަށް ނެރެފިއެވެ.
އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި މި އުފެއްދުންތައް ތައާރަފްކޮށްދެއްވީ އެސްޓީއޯގެ ޖެނެރަލް މެނޭޖަރު އަހުމަދު ޝިފާން އާއި ހިޓާޗީ ހޯމް އެޕްލައަންސްގެ ސޭލްސް ޑިރެކްޓަރު ޖައިންއެވެ.
ދިވެހިންގެ މެދުގައި މަގުބޫލު، އިތުބާރު ލިބިފައިވާ ހިޓާޗީގެ އުފެއްދުންތަކުގެ ތެރެއިން މި ފަހަރު އެސްޓީއޯއިން ތައާރަފްކުރި އުފެއްދުންތަކުގެ ތެރޭގައިވެސް، އާ ފީޗާތަކާއެކު އުފައްދާފައިވާ ފްރިޖާއި، ދޮންނަމެޝިނާއި، މައިކްރޯވޭވް އަވަން އަދި ޗެސްޓް ފްރީޒަރު ހިމެނެއެވެ.
މީގެ އިތުރުން އާ ފީޗާތައް ހިމެނޭ ސްމާޓް އެއާ ކޮންޑިޝަން އާއި ވެކިއުމް ކްލީނަރުގެ އިތުރުން ފެން ހީޓަރުވެސް މި އުފެއްދުންތަކުގެ ތެރޭގައި ހިމެނެއެވެ.
Arcelik Hitachi Home Appliances, Director of Sales Mr. Tarun Jain, and STO General Manager Mr. Ahmed Shifan unveiled a new line of home appliances with cutting-edge technology & premium designs to the market! #Hitachi #authorizedistributor pic.twitter.com/ljMe1r5bix
— STO People's Choice (@stopcmv) February 18, 2023
އެސްޓީއޯއިން އަލަށް ތައާރަފްކުރި ހިޓާޗީގެ ސްމާޓް އޭސީ އަކީ އެތައް މޭލު ދުރުގައި ހުރެގެންވެސް ސްމާޓްފޯނުން ކޮންޓްރޯލް ކޮށްލެވޭ އަދި އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި ގޭގައި މީހުން ނޫޅޭ ނަމަ އަމިއްލައަށް ނިއްވާލައި ހަރަދު ކުޑަކޮށްދިނުމަށް އެހީތެރި ވެދޭ ގޮތަަށް އުފައްދާފައިވާ އޭސީއެކެވެ. އަދި އާ ދޮންނަ މެޝިންތަކުގައި އެއާ ވޮޝް ފީޗާއަކާއީ ދޮވެ ނިމޭއިރު ވައި ބޭނުންކޮށްގެން ހެދުން އިސްތިރިކޮށްލެވޭ ފިޗާއެއްވެސް ހިމަނާފައިވެއެވެ. މި މެޝިންގައި އާޓިފަލް އިންޓެލިޖެންސް ބޭނުންކޮށްގެން ހެދުމުގެ ވައްތަރުތައް ދެނެގަނެ ރަނގަޅަށް ދޮވެދެއެވެ.
ރޭ ތައާރަފްކުރި އައިސް އަލަމާރިގައި ހިމެނޭ ހާއްސަ ފީޗާތަކުގެ ތެރޭގައި ފިނިކުރާ ތަކެތި ތާޒާކަންމަތީ ގިނަ ދުވަހު ބެހެއްޓުމަށް އެހީވެދޭ ހާއްސަ “ވެކިއުމް” ފީޗާ ހިމަނާފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!