އެމްޕީއެލް ސަރަހައްދުން ދަތުރުކުރަމުން ދިޔަ ޓަގް ބޯޓެއްގެ އިންޖީނުގައި އަލިފާން ރޯވެއްޖެ އެވެ.
އެމްއެންޑީއެފް އިން މަޢުލޫމާތު ދެއްވި ގޮތުގައި މިހާރު އަލިފާންގަނޑު ވަނީ ނިއްވާލާފައެވެ.
އަލިފާންގަނޑު ނިއްވާލާފައިވަނީ އެމްޕީއެލްގެ މުވައްޒަފުން ކުރި މަސައްކަތުންކަމަށް އެމްއެންޑީއެފްއިން މަޢުލޫމާތު ދެއްވި އެވެ.
އެސަރަހައްދުގައި ހުރިމީހަކު މަޢުލޫމާތު ދެމުން ބުނެފައިވަނީ އަލިފާން ރޯވެފައިވަނީ ނޯޓުހާބަރާއި ދިމާ ބޭރުން ދަތުރު ކުރަމުން ދިޔަ ޓަގް ބޯޓެއްގައި ކަމަށާއި އަލިފާން ރޯވެފައިހުރި އިރު ބޯޓުން ދުން އަރަމުންދިޔަ މަންޒަރު ފެންކަމަށެވެ.
ޓަގް ބޯޓު އޮތް ސަރަހައްދުގައި އެމްއެންޑީއެފްގެ ކޯސްޓް ގާޑުވެސް ހަރަކާތްތެރިވެފައިވާއިރު، އެސަރަހައްދަށް އެމްއެންޑީއެފްގެ ފަޔަރ ލޮރީވެސް އެސަހައްދަށް ގޮސްފައިވާކަމަށް މަޢުލޫމާތު ދިނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!