ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މުޅި ރާއްޖެއަށް ބޭންކިން ހިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އއ. ރަސްދޫގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމްގެ ހިދުމަތް ފަށައިފިއެވެ.
ބީއެމްއެލުން ބުނީ މިއަދު ހިދުމަތް ދޭން ފެށުނު ރަސްދޫ ބްރާންޗުގެ އައު އިމާރާތުގައި ގާއިމުކޮށްފައިވާ އޭޓީއެމް ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ.
ރަސްދޫގައި ގާއިމްކޮށްފައިވާ ބްރާންޗާއި އޭޓީއެމްގެ ހިދުމަތާއެކު މިވަގުތު އއ. އަތޮޅުގެ ތިން ރަށެއްގައި ސެލްފް ސަރވިސް ބޭންކިންގެ ހިދުމަތް ދަނީ ފޯރުކޮށްދެމުންނެވެ. އެއީ ތޮއްޑޫ، އުކުޅަސް އަދި މަތިވެރި އެވެ.
ބީއެމްއެލުން އަންނަނީ މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 84 ސެލްފްސާވިސް ބޭންކިން ސެންޓަރާއި، 142 އޭޓީއެމް މެދުވެރިކޮށް ހިދުމަތް ދެމުންނެވެ.
We’re continuing to expand banking services to our communities and today, we are pleased to open a new Self-Service Banking ATM Centre at the newly relocated A.A. Rasdhoo branch. pic.twitter.com/8dX2txf6IN
— Bank of Maldives (@bankofmaldives) January 29, 2023
މީގެ އިތުރުން، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ޚިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!