އުރީދޫ ނޭޝަންގެ ގޭމުތައް ކުޅޭ ފަރާތްތަކަށް ހާއްސަކޮށްގެން މުޅިން އާ ގޭމް ޕެކެއް ތައާރަފު ކޮށްފިއެވެ.

އެ ކުންފުނިން ތައާރަފު ކުރި މި ޕެކުގައި އެންމެ 100 ރުފިޔާއަށް 100 ޖީބީގެ ޑޭޓާ ލިބޭނެއެވެ.

Ad
rt

މިއީ ގޭމް ކުޅޭ ފަރާތްތަކާއި ލައިވް ސްޓްރީމް ކުރާ ފަރާތްތަކަށް އެއްވެސް ހުއްޓުމެއް އަދި ދަތިކަމެއް ނެތި އެކަން ކުރެވޭގޮތަށް ތައާރަފު ކުރި ހިދުމަތެއް ކަމަށް އުރީދޫ އިން ބުނެއެވެ.

އުރީދޫ މޯލްޑިވްސްގެ މި “ގޭމް އޮން” ޕެކް މައި އުރީދޫ އެޕްލިކޭޝަނުން ޑައުންލޯޑް ކުރެވޭނެއެވެ.

އުރީދޫ ނޭޝަން އަކީ އޮންލައިން ގޭމް ކުޅޭ ފަރާތްތަކަށް ތަފަާތު ގިނަ ރޭންޖުގެ ގޭމުތަކާއި މުބާރާތްތައް ކުޅުމިގެ ފުރުސަތު ފަހިކޮށްދޭ ޕްލެޓްފޯމެކެވެެ.