ތ. ގާދިއްފުށީ ފެނާއި ނަރުދަމާ މަޝްރޫއުގެ މަސައްކަތތް ނިމުމަކާ ގާތް ވެއްޖެއެވެ.
މި މަޝްރޫއު ސަރުކާރުން ހަވާލު ކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ.
އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ މަސައްކަތުގެ 91 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. އަދި ފެނުގެ ނެޓްވޯކުގެ މަސައްކަތްތަކުގެ 85 އިންސައްތަ ވަނީ ނިމިފައެވެ.
މި މަޝްރޫއުގެ ދަށުން، އިދާރީ މަރުކަޒެއް އިމާރާތްކުރުމާއި، އާރްއޯ ޕްލާންޓެއް ގާއިމްކުރުމާއި، 4070 މީޓަރު ދިގު ނަރުދަމާ ވިއުގައެއް ގާއިމުކުރުމާއި، ނަރުދަމާގެ ޕަމްޕް ސްޓޭޝަނުން 210 މީޓަރުގެ ހޮޅި ގުޅުމާއި، 2 ޕަމްޕް ސްޓޭޝަން ގާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ.
މިއީ 20.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!