ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ ފާރަތްތަކުގެ “ހިޔާ ކޮމިއުނިޓީ” ގައި އިސްކޮށް ހަރަކާތްތެރިވާ ބައެއް ފަރާތްތަކާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލު ކުރެއްވުމުގައި ހިޔާ ފްލެޓުތަކާ ގުޅިގެން އެ ފަރާތްތަކުގެ ހުރި ކަންބޮޑުވުންތަައް އާތިފްއާ ވަނީ ހިއްސާ ކޮށްފައެވެ. އަދި އެޗްޑީސީގެ މެނޭޖްމަންޓަށް އިތުރަށް ރަނގަޅުކުރެވިދާނެ ހިދުމަތްތަކާ މެދު ވެސް ވަނީ މަޝްވަރާކޮށްފައެވެ.

Ad
rt

އެޗްޑީސީން ބުނެފައިވާ ގޮތުގައު ކުރިއަށް އޮތްތަނުގައިވެސް އެ ކުންފުނީގެ މެނޭޖްމަންޓުން ހިޔާ ސަރަހައްދުގެ އިތުރު ފަރާތްތަކާ ވެސް ބައްދަލުކޮށް ޚިޔާލު ބަދަލު ކުރާނެއެވެ.

އާތިފް ވިދާޅުވި ގޮތުގައި މިފަދަ ބައްދަލުކުރެއްވުންތަކުގެ ސަބަބުން އެ ކުންފުނިން އާއްމުންނަށްދޭ ހިދުމަތް ރަނގަޅުކޮށް ފުޅާކުރުމަށް އެހީވާނެއެވެ.

އެޗްޑީސީން މަސައްކަތް ކުރަމުން އަންނަނީ ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކުގެ ދިރިއުޅުން ފަސޭހަ ކުރުމަށް ގިނަ މަސައްކަތްތައް ކުރަމުންނެވެ. އަދި ހުޅުމާލެއަކީ ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ ތަނަކަށް ހެދުމަށް ވެސް ގިނަ މަސައްކަތްތަކެއް އެޗްޑީސީން އަންނަނީ ކުރަމުންނެވެ.