ލ. މުންޑޫގައި ހަތް އަހަރު ކުރން މަރާލި އަލީ ޒިޔަދަމްގެ މަރުގެ މައްސަލާގައި ދައުވާލިބޭ ދެ މީހުންގެ މައްޗަށް މިއަދު ކުށް ސާބިތުވެއްޖެ އެވެ.

މުންޑޫގައި މާޗް، 2015 ވަނަ އަހަރު ތޫނު އެއްޗެހިން ހަމަލާދީ ޒިޔަދަމް މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރި އެރަށު ހީނާވިލާ މުހައްމަދު ޝަނޫނާއި އެރަށު ބީޗްވިލާ އަލީ ސިފާމްގެ މައްޗަށް ކުރީ ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކު މެރުމުގެ ދައުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމިޔަސް, އެ މީހުންގެ މައްޗަށް އަދަބެއް ކަނޑަނާޅަ އެވެ.

Ad
rt

އެ މީހުންނަށް އަދަބު ކަނޑައަޅާނީ ވާރިސުންގެ ބަސް ހޯދުމަށްފަހު އެވެ. ވާރިސުންގެ ބަސް ނަގާނީ ފަހުންނެވެ.

މަރުގެ ހުކުމް އިއްވޭނީ ހުރިހާ ވާރިސުން މަރަށް މަރު ހިފަން ބޭނުންވެއްޖެ ނަމަ އެވެ.

އެ މައްސަލާގައި ޝަނޫންގެ މައްޗަށް އިތުރު ދެ ދައުވާއެއް ވެސް ކުރި އެވެ. އެއީ ބިރުދެއްކުމުގެ ދައުވާ އާއި މާރާމާރީގެ ދައުވާ އެވެ. އެ ދެ ދައުވާ ވެސް ވަނީ ސާބިތުވެފަ އެވެ.