ވޯލްޑް ކަޕް އީދުގެ ފޯރި މުޅި ދުނިޔޭގައި ގަދަ ވެފައިވާއިރު، މި ރޭހުގެ އެންމެ ޝަރަފުވެރި އަދި އެންމެ ފޯރިގަދަ ހިސާބަށް މި އޮތީ އާދެވިފައެވެ. ވޯލްޑްކަޕް 2022 ގެ އެންމެ ޝަރަފްވެރި ފައިނަލް މެޗް މިރޭ ލުސައިލް ސްޓޭޑިއަމްގައި ކުރިއަށްދާއިރު، މުޅި ދުނިޔެ ބަލާނީ ފްރާންސް އާއި އާޖެންޓީނާ ތިންވަނަ ފަހަރަށް ދުނިޔޭގެ ފަހުރުވެރި ޗެމްޕިއަން ކަމަށް ބުނުމުގެ ހައްގު ހޯދުމަށް ކުރިމަތިލާ ތަނެވެ.

ގުރޫޕް ސްޓޭޖުން އެއްވަނަ ހޯދައިގެން ޖެހިޖެހިގެން ދެވަނަ ފަހަރަށް ވޯލްޑްކަޕް ފައިނަލަށް ފްރާންސް ދަތުރު ކުރިއިރު، އޭގެ ފަހުން ޕޮލެންޑާއި އިންގްލެންޑް ބަލިކޮށް، ތާރީޙުގައި ފަވާލި މޮރޮކޯގެ އަތުން ވަރުގަދަ ގޮންޖެހުންތާކާ އެކުވެސް ކުރި ހޯދިއެވެ. މީގެ އިތުރުން ނޮކްޑައުން މަރުހަލާގައި އޮސްޓްރޭލިއާ، ނެދަރލެންޑް އަދި ކްރޮއޭޝިއާ ފަދަ ވަރުގަދަ ޓީމުތައް ބަލިކޮށް ފައިނަލަށް ދަތުރުކޮށްފައިވާ އާޖެންޓީނާ، ވޯލްޑްކަޕް ފައިނަލުގައި ދެވަނަ ފަހަރަށް ކުޅުމަށް މިވަނީ ކެތްމަދުވެފައެވެ.

Ad
rt

ބައިނަލަޤުވާމީ ބޮޑު ދެ ބާރު ބައްދަލުކުރާ މި މެޗަށް ގާތްގަޑަކަށް 1.5 ބިލިއަން މީހުން ޓީވީ މެދުވެރިކޮށް ބަލާނެކަމަށް ލަފާ ކުރެވޭއިރު، ގާތްގަޑަކަށް 89000 މީހުން ސްޓޭޑިއަމް އަށް ގޮސް ލައިވްކޮށް ބަލާނެއެވެ. ސުވާލަކީ މި ފަހުރުވެރި މެޗް ސްޓޭޑިއަމްއަށް ގޮސް ބަލާލުމަށްޓަކައި އެމީހުން ކިހާ ފައިސާއެއް ހަރަދުކުރާނެ ބާއެވެ.

ވޯލްޑްކަޕް މެޗެއްގެ ޓިކެޓެއްގެ އާއްމު އަގަކީ ކޮބާ؟

ފީފާގެ ވެބްސައިޓުގައިވާ ގޮތުން ގްރޫޕް ސްޓޭޖް މެޗުތަކުގެ ޓިކެޓެއްގެ އެންމެ ދަށް އަގަކީ ފުރަތަމަ މެޗު ފިޔަވައި ގާތްގަނޑަކަށް 1028.50 ރުފިޔާ އަށެވެ. ގްރޫޕް ސްޓޭޖްގެ މެޗުތަކުގެ ޓިކެޓެއްގެ ޕްރިމިއަމް އަގަކީ ފުރަތަމަ މެޗުފިޔަވައި 4675.00 އެވެ. ގަތަރާއި އިކުއެޑޯއާ ދެމެދު ކުޅެވުނު ފުރަަމަ މެޗް "ކާޓަން-ރެއިސާ" ގެ އަގަކީ 500 ޕައުންޑް އެވެ. ދިވެހި ރުފިޔާއިން ބަލާނަމަ އެއީ 9349.99 އެވެ.

ރައުންޑް-އޮފް- 16 ގެ މެޗުގެ ޓިކެޓް 1496.00 ރުފިޔާއަށް ވިއްކަފާވާއިރު، މި މެޗްތަކުގެ ޕްރެމިއަމް ޓިކެޓްގެ އަގަކީ 4207.50 ރުފިޔާ އެވެ.

ކުއަރޓަރ ފައިނަލް މެޗުގެ އަގުތައް 170 އާއި 350 ޕައުންޑުގެ ދޭތެރޭގެ އަގުތަކެއްގައި ވިއްކާފައި ވާއިރު ސެމީ ފައިނަލްގެ ޓިކެޓް ވިއްކާފައިވަނީ ގާތްގަޑަކަށް 290 ޕައުންޑް 5423.00 ދިވެހި ރުފިޔާ އަށެވެ. މި މެޗުތަކުގެ އެންމެ އަގުބޮޑު ޓިކެޓްތައް ވިއްކާފައިވަނީ ގާތްގަޑަކަށް 780 ޕައުންޑް 14585.99 ރުފިޔާ އަށެވެ. އަނެއްކޮޅުން ތިންވަނަ ހޮވާ މެޗާއި ކުއަރޓަރ ފައިނަލް މެޗެގެ ޓިކެޓްތައް ވިއްކާފައިވަނީ މި އަށްވުރެ އަގު ހެޔޮކޮންކަމަށް ވީ ނަމަވެސް ވޯލްޑް ކަޕް ފައިނަލްގެ ޓިކެޓް ވިއްކާފައިވަނީ ބޮޑު އަގެއްގަ އެވެ.

ސުވާލަކީ ފައިނަލް މެޗްގެ ޓިކެޓް ގެ އަގުތައް ކިހާ މައްޗަކަށް އަރައިގެން ގޮސްދާނެ ބާއެ؟ ލުސައިލް ސްޓޭޑިއަމްގައި ކުޅޭ ވޯލްޑްކަޕް ފައިނަލް މެޗްގެ ކެޑަގަރީ 3 ގެ ޓިކެޓެއްގެ އަގު 500 ޕައުންޑުގައި އުޅޭއިރު، ކެޓަގަރީ 1 ގެ ޓިކެޓެއްގެ އަގަކީ ގައިގަޑަކަށް 1300 ޕައުންޑް 24309.98 ރުފިޔާ އަށެވެ.

މިއީ ފީފާ ވެބްސައިޓުގައި ވިއްކަން ހުރި އަގުތަކެވެ. ނަމަވެސް ފީފާގެ ވެބްސައިޓުން ވިއްކި ޓިކެޓްތައް ވަނީ މާކުރިން ވިކި ހުސްވެފަ އެވެ. އެހެން ވެބްސައިޓު ތަކުގައި ޓިކެޓް ވިއްކަމުން ގޮސްފައިވަނީ މިއަށްވުރެއްވެސް މާ އަގުބޮޑުކޮންނެވެ.

އެގޮތުން ފައިނަލް މެޗްގެ ޓިކެޓްތައް ބައެއް ވެބްސައިޓުތަކުގައި 40 ހާހާއި 50 ހާހައި ދެމެދުގެ އަގެއްގައި ވިއްކާފައިވެއެވެ.

ވޯލްޑްކަޕް ފައިނަލް ހަމަލޮލުން ބަލާލުމާއި، އެ ޖަޒުބާތުތައް އިހުސާސްކޮށްލުމާއި، އެ ފޯރީގަދަ ވަގުތުކޮޅު ތަޖުރިބާކޮށްލުމަކީ ދުނިޔޭގެ ކޮންމެ ފްޓްބޯޅަ ސަޕޯޓަރަކު އެންމެ އެދޭ އެއްކަމެވެ.

ކޮންމެއަކަސް މިރޭ ފްރާންސް އާއި އާޖެންޓީނާ ގެ ގަދަ ހިފުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ކުދި ބޮޑު އެންމެ ބަލާނެ މެޗަށް ވާނެކަން ޔަގީނެވެ.