އިންޑިއާގެ ފައިސާ ކަމަށްވާ އިންޑިއަން ރުޕީސްގެ ބާރުގަދަކުރަން އެ ޤައުމުން އެހެން ބައެއް ޤައުމުތަކާއެކު ވިޔާރީގައި ރުޕީސް ބޭނުން ކުރަން މަޝްވަރާ ކުރަން ފަށައިފިއެވެ.

ބޭރުގެ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި އެ ޤައުމުން އަންނަނީ ރާއްޖެއާއި ސްރީލަންކާ ގެ އިތުރުން ދެކުނު އިރުމަތީ އޭޝިއާ އާއި އެފްރިކާ އަދި ލެޓިން އެމެރިކާގެ ޤައުމުތަކާއެކު މަޝްވަރާ ކުރަމުންނެވެ.

Ad
rt

އެ ޤައުމުން ވަނީ ރަޝިއާއާއެކު ވެސް މިފަދަ އެއްބަސްވުމަކަށް އައިސްފައެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ އިންޑިއަން އެކްސްޕްރެސް ގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި މިހާރު މަޝްވަރާ ކުރަމުން އަންނަ ޤައުމުތަކުން ވަނީ އިންޑިއަން ރުޕީސްއިން ވިޔަފާތި ކުރުމަށް ހާއްސަ އެކައުންޓުތަކެއް ހުޅުވުމަށް ވެސްއެއްބަސްވެފައެެވެ. އެއީ ސްޕެޝަލް ރުޕީ ވަސްޓްރޯ ނުވަތަ އެސްއާރުވީ އެކައުންޓުތަކެކެވެ.

ވޮސްޓްރޯގެ ފުރަތަމަ އެކައުންޓް ހުޅުވާފައިވަނީ ވެސް ރަޝިއާގައެވެ.

މިއަހަރުގެ ޖުލައި މަހުގެ ކުރީކޮޅު ރިޒާވް ބޭންކް އޮފް އިންޑިއާއިން ވަނީ ބޭރު ޤައުމުތަކާއެކު ވިޔަފާރި ކުރުމުގެ ގައިޑްލައިނެއް ހަދައިފައެވެ. މިއީ އިންޑިއާގައި އެމެރިކާ ޑޮލަރަށް ބަރޯސާވާން ޖެހޭ މިންވަރު ދަށްކުރުމަށް ހެދި ގައިޑްލައިނެއް ކަމަށްބުނި ނަމަވެސް އެއީ ނުސީދާކޮށް އިންޑިއާ ރުޕީސްގެ ބާރު ގަދަކުރުމަށް ކުރާ ކަމެކެވެ.

މި ގައިޑްލައިނުގެ ދަށުން އިންޑިއާގެ ބޭންކުތަކުން ވޮސްޓްރޯ އެކައުންޓުތައް ހުޅުވާނެއެވެ. އެހެން ޤައުމުތަކުން ވިޔަފާރި ކުރުމުގައި މުއާމަލާތް ކުރަން ޖެހޭނީ މި އެކައުންޓުތަކާއެވެ.