ޑޭޓާ އެލަވަންސްތަކާއި ހާއްސަ ފައިދާތަކަކާއެކު އުރީދޫއިން މުޅިން އާ ޑޭޓާ ޕްލޭންތަކެއް ތައާރަފުކޮށްފިއެވެ.
އާ ޕެކޭޖުތަކުގެ ތެރޭގައި މަސަދުވަހުގެ، އެއް ހަފްތާގެ އަދި ޑެއިލީ ޕްލޭންތަކެއް ހިމެނެއެވެ.
މަސްދުވަހުގެ ޕްލޭންތަކުގެ ތެރޭގައި 1 ޖީބީއިން ފެށިގެން ގޮސް 25 ޖީބީއާ ހަމައަށް، ތަފާތު ހަތް ޕެކޭޖެއް ހިމެނެއެވެ. ހަފްތާގެ ޕްލޭންގެ ގޮތުގައި 1.5 ޖީބީ އަދި 3 ޖީބީ ލިބޭ ދެ ޕްލޭނެއް ހިމެނޭ އިރު، ޑެއިލީ ޕްލޭންސްގައި ހިމެނެނީ 100 އެމްބީއިން ފެށިގެން ގޮސް 250 އެމްބީ އަދި 1 ޖީބީގެ ޕެކޭޖުތަކެކެވެ. މިއިން ކޮންމެ ޕެކޭޖަކާއެކު ފްރީ މިނިޓްސްގެ ގޮތުގައި ވަކި މިންވަރެއްވެސް ލިބެއެވެ.
އުރީދޫއިން ބުނީ މީގެ އިތުރުން އުރީދޫ އެޕްގައި ހިމެނޭ "މަގޭ ޕްލޭން" ހިދުމަތް މެދުވެރިކޮށް، ބޭނުން ގޮތަކަށް އެލަވަންސާއި ފްރީ މިނިޓްސް އަދި މުއްދަތު ހިޔާރުކޮށްގެން އަމިއްލަ ކަސްޓަމައިޒްޑް ޕްލޭންސް ހެދޭނެ ކަމަށެވެ.
ފުރިހަމަ އަދި ބޮޑެތި ޑޭޓާ އެލަވަންސްތައް އެކުލެވޭ އުރީދޫގެ މޯބައިލް ޑޭޓާ ޕެކޭޖުތަކަށް ކަސްޓަމަރުންގެ ބޮޑު މަގުބޫލުކަމެއް އަބަދުވެސް ލިބޭ ކަމަށާއި، އާ ޕްލޭންތައްވެސް ފަރުމާކުރެވިފައި ވަނީ ކޮންމެ ކަސްޓަމަރެއްގެވެސް ތަފާތު ބޭނުންތަކަށް އެކަށޭނަ ގޮތަށް ކަމަށް އޫރިދޫއިން ބުނެފައިވެއެވެ.
"އެއްދުވަހުން އަނެއް ދުވަހަށް ކަސްޓަމަރުންގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް ކުރާ މަސައްކަތުގެ ދަށުން، މިއަދު މި ތައާރަފްކުރެވިގެންދަނީ ކަސްޓަމަރުންގެ ތަފާތު ބޭނުންތަކަށް އެކަށޭނެގޮތަށް ފަރުމާކޮށްފައިވާ މުޅީން އައު ޑޭޓާ ޕްލޭންތަކެއް،"
އުރީދޫގެ ސީއީއޯ ނަޖީބު ޚާން ވިދާޅުވިއެވެ.
އުރީދޫ މޯލްޑިވްސްއިން ތައާރަފުކުރި އާ ޑޭޓާ ޕްލޭންތަކުގެ ތަފްސީލު އުރީދޫގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!