އައްޑޫ ސިޓީގައި މަސް ހިފަން ފީނަން ނުކުމެ އުޅެނިކޮށް ގެއްލިގެން ހޯދި ޒުވާނާ ނިޔާވެއްޖެ އެވެ.

ގެއްލިގެން ހޯދަމުން ދަނިކޮށް މޫދު އަޑިން ފެނިގެން ނަގައި، ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވަނީ އައްޑޫ ސިޓީ ހިތަދޫ، ފެހިވިނަ އުމުރުން 24 އަހަރުގެ ތޮލާލް އަހުމަދު އެވެ.

Ad
rt

އޭނާ ނިޔާވީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިއަދު 13:05 ހާއިރު އެވެ.

ފީނަން ފޭބި ފަހުން ތޮލާލް ޚަބަރެއް ނުވެގެން އެކަން އެމްއެންޑީއަށް ރިޕޯޓްކުރީ ހެނދުނު 11:30 އެހާހަށްކާ އިރު އެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ތޮލާލު މޫދު އަޑިން ފެނިގެން ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔައިރުވެސް ހާލު ސީރިއަސް ކަމަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ބުނެފައިވާ ކަމަށެވެ.