ގަތަރަކީ އޭސިއާ ފުޓްބޯޅައިގެ ގަދަ ބާރެއް ނަމަވެސް، ގަތަރަކީ ދުނިޔޭގެ ނިސްބަތުން ފުޓްބޯޅައިގައި މާ ވަރުގަދަ ގައުމެއް ނޫނެވެ.
އޭސިއާ ބައްރުގެ އެންމެ ފަހުގެ ޗެމްޕިއަން ގަތަރު ފުޓްބޯޅަ ފެޑެރޭޝަން އުފެދުނީ 1960 ވަނަ އަހަރުގައެވެ. އެގައުމުގެ ފުޓްބޯޅަ ފެޑެރޭޝަން އުފެނުތާ މިހާތަނަށް 62 އަހަރު ވެފައިވާއިރު، މިހާތަނަށް ވޯލްޑް ކަޕައް ކޮލިފައިވެ، ވޯލްޑް ކަޕް މުބާރާތެއް ކުޅެފައެއް ނުވެއެވެ.
މިފަހަރުގެ ވޯލްޑް ކަޕް މުބާރާތަކީ ގަތަރުގެ ތާރީޚުގައި އެގައުމުން ކުޅޭ ފުރަތަމަ ވޯލްޑް ކަޕް މުބާރާތެވެ. މި މުބާރާތުން އެގައުމަށް ފުރުސަތު ލިބިފައިވަނީ މުބާރާތް ބާއްވާގައުމުގެ ގޮތުންނެވެ. ގަތަރު މިވަގުތު އޮތީ ދުނިޔޭގެ ފީފާ ރޭންކިންގެ 50 ވަނާގައެވެ.
ކޯޗު

ގަތަރުގެ ކޯޗަކީ ސްޕެއިން އަށް އުފަން ފެލިކްސް ސަންޗޭސް ބާސްއެވެ. އޭނާ އަކީ ކުލަބު ލެވެލްގައިވެސް އަދި ގައުމީ ފެންވަރުގައި ވެސް މާ ފާހަގަ ކޮށްލެވޭ ފަރާތެއް ނޫނެވެ. މުޅި ކެރިއަރު ކޯޗިން ދާއިރާގައި ހޭދަކުރަމުން އަންނަ ސަންޗޭސް އޭނާގެ ކޯޗިން ކެރިއަރު ފެށީ 1996 ވަނަ އަހަރު ބާސެލޯނާގެ ޔޫތް ޓީމުންނެވެ. އޭގެފަހުން 2006 ވަނަ އަހަރު ގަތަރަށް ބަދަލުވެ ގަތަރުގެ 19 އަހަރުން ދަށުގެ ޓީމާއި 23 އަހަރުން ދަށުގެ ޓީމަށް ކޯޗުކޮށްދީފައިވެއެވެ. އޭނާ ވަނީ މި މުއްދަތުގެ ތެރޭގައި ގަތަރުގެ 19 އަހަރުން ދަށުގެ ޓީމާއި އެކު އޭއެފްސީ 19 އަހަރުން ދަށުގެ ޔޫތް ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފައެވެ.
ސަންޗޭސް ގަތަރުގެ ޤައުމީ ޓީމާ ހަވާލުވީ 2017 ވަނަ އަހަރުއެވެ. އޭނާ ވަނީ ގަތަރުގެ ގައުމީޓީމާއި ހަވާލުވެ 2019 ވަނަ އހަރު ބޭއްވުނު އޭއެފްސީ އޭސިއަން ކަޕްގެ ޗެމްޕިއަންކަން ގަތަރަށް ގަތަރަށް ހޯދައި ދީފައެވެ.
މުހިންމު ކުޅުންތެރިން
ޙަސަން އަލްޙައިދޯސް

ގަތަރުގެ ކެޕްޓަން ޖޯން ޙަސަން އަލްޙައިދޯސް އަކީ އެ ޓީމުގެ މައި ތަނބެވެ. ގަތަރު ޓީމުގެ ކެޕްޓަން ކަން ވެސް ކުރަމުން އަންނަ އަލްހައިދޯސް އަކީ ގަތަރު ޓީމުގެ ފޯވާޑް ލައިނުގައި އެންމެ މުހިންމު ދައުރެއް އަދާކުރަމުން އަންނަ ކުޅުންތެރިއާއެވެ. ގަތަރުގެ ސްޓާރސް ލީގުގެ އަލްސައްދު އެސްސީ އަށް ކުޅެމުން އަންނަ ޙަސަން އަލްޙައިދޯސް މިވަގުތު ހުރީ ރަނގަޅު ފޯމެއްގައި ކަމުން އަންނަ ވޯލްޑްކަޕުގައި އެންމެ ވިދުންގަދަ ކުޅުންތެރިންގެ ތެރޭގައި ހިމެނިގެން ދިއުމަކީ ގާތްކަމެކެވެ.
ހަސަން އަލްޙައިޑޯ ކެރިއަރު ފެށީ އުމުުރުން އަށް އަހަރުގައި ގަތަރުގެ އަލް ސައްދުގެ ޔޫތް ޓީމުންވެ. އަލް ސައްދުގެ ސީނިއަރ ޓީމަށް ކުޅެން ފެށީ އުމުުރުން 17 އަހަރުގައެވެ.
ޙަސަން އަލްޙައޮޑޯސް ގަތަރުގެ ޔޫތް ޓީމަށް ކުޅެން ފެށީ 2007 ވަނަ އަހަރު އެވެ. އަދި ގަތަރުގެ ސީނިއަރ ޓީމަށް ކުޅެން ފެށީ 2010 ވަނަ އަހަރުގައެވެ. އޭނާވަނީ މިހާތަނަށް ޤައުމީ ޓީމަށް 165 އަށްވުރެ ގިނަ މެޗު ކުޅެދީ 34 ގޯލު ކާމިޔާބު ކޮށްދީފައިވެއެވެ.
ޙަސަން އަލްހައިޑޯސް ވަނީ ގަތަރު ޓީމާއި އެކު 2019 ވަނަ އހަރުގެ އޭއެފްސީ އޭސިއަން ކަޕް ވެސް ކާމިޔާބު ކޮށްފައެވެ.
އަކްރަމް ހަސަން އަފީފް

އުމުުރުން 25 އަހަރުގެ ވިންގަރ އަކްރަމް ހަސަން އަފީފް އަކީ ޔޫރަޕްގެ ބައެއް މަޝްހޫރު ކުލަބުތަކަށް ވެސް ކުޅެ ތަޖުރިބާ ލިބިފައިވާ ކުޅުންތެރިއެކެވެ. އަކްރަމް ވަނީ ސްޕެއިންގެ ވިޔަރެއާލް، ސްޕޯޓިންގް ގިހޯން އަދި ބެލްޖިއަމްގެ ޔޫޕެން އަށް ކުޅެފައެވެ. އޭނާ މިހާރު ކުޅެމުން އަންނަނީ ގަތަރުގެ ކުލަބް އަލް ސައްދުއަށެވެ. ޔުނައިޓެޑް އަރަބް އެމިރޭޓްސް ގައި 2019 ވަނަ އަހަރު އޮތް އޭސިއަން ކަޕްގައި ވިދާލި އަކްރަމް އަކީ ގަތަރުގެ ވައަތު ވިންގުގައި އެންމެ މުހިންމު ކުޅުންތެރިޔާ އެވެ.
އަކްރަމް ވަނީ މިހާތަނަށް ގަތަރަށް ކުޅުނު 85 މެޗުގައި 25 ލަނޑު ޖަހާފައެވެ. މިހާރު ގަތަރުގެ އަލް ސައްދު އަށް ކުޅެމުންދާ އަކްރަމް އަކީ މި ފަހަރުގެ ވޯލްޑް ކަޕްގައި ގަތަރުގެ އުންމީދުތަކާ ގުޅިފައިވާ ކުޅުންތެރިއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!