ބޫޓާން، ނޭޕާލް އަދި އަޒަރުބައިޖާންގެ ނޮން ރެސިޓެންޑް ސަފިރުކަމަށް އިބްރާހިމް ޝަހީބަށް ރުހުން ހޯދުމަށް މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.

ރާއްޖެއިން އިންޑިއާ އަށް ކަނޑައަޅާފައިވާ ސަފީރު އިބްރާހީމް ޝަހީބުގެ ނަމަށް ރުހުން ހޯދަން މަޖިލިހަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައިވަނީ ބޫޓާނާއި ނޭޕާލްގެ އިތުރުން އަޒަރުބައިޖާނުގެ ނޮން ރެޒިޑެންޓް ސަފީރު ކަމަށް ޝަހީބު އައްޔަން ކުރަން ގަސްދުކުރައްވާ ކަމަށެވެ.

Ad
rt

ރައީސްގެ ސިޓީފުޅު މަޖިލިހުގެ ތަޅުމުގައި އިއްވަވައި ނިމުމުން ރިޔާސަތުން ވަނީ އެ މައްސަލަ ދިރާސާކުރުމަށް ހާރިޖީ ގުޅުންތަކުގެ ކޮމިޓީ އަށް ފޮނުވައިފަ އެވެ.

ރާއްޖެއިން އިންޑިއާ އަށް ކަނޑައަޅާފައިވާ ސަފީރެއްގެ ގޮތުގައި ޝަހީބު އައްޔަން ކުރައްވައި މަގާމުގެ ފަތްކޮޅު ދެއްވާފައި ވަނީ މި މަހުގެ 10 ވަނަ ދުވަހު އެވެ.

ޝަހީބަކީ ސިންގަޕޫރުގެ ލީ ކުއާން ޔޫ ސްކޫލް އޮފް ޕަބްލިކް އެންޑް ޕޮލިސީގައި ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާ އިން މާސްޓާސް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

ޝަހީބު ވަނީ މީގެ ކުރިން ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ އާއި ޕާމަނަންޓް ސެކްރެޓަރީ އަދި ޗީފް ޕްރޮޓޮކޯލްގެ މަގާމު ވެސް ފުރުއްވައިފަ އެވެ.