އަމީނީމަގު ހެދުމަށްޓަކައި ގަސް ނެގުން ހުއްޓުވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކޯޓަށް ހުށަހެޅުއްވި މައްސަލާގައި، އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން މިއަދު ނިންމައިފި އެވެ.
އާރުޑީސީއާ ހަވާލުކޮށްގެން އަމީނީމަގު ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދާއިރު، އެ މަޝްރޫއު ހިންގުމަށްޓަކައި އެ މަގުގައި ހުރި ގަސްތައް ނަގަމުންދާތީ އެކަމާ ދެކޮޅަށް ނަޝީދު މައްސަލަ ހުށަހެޅުއްވި އެވެ. އަދި މައްސަލަ ނިމެންދެން ގަސް ނެގުން ހުއްޓުވުމުގެ އަމުރަކަށް އެދުނެވެ.
ކޯޓުން މިއަދު ނިންމި ނިންމުމުގައިވަނީ ނަޝީދަކީ އެފަދަ އަމުރަކަށް އެދުމުގެ ހައިސިއްޔަތު ލިބިގެންވާ ފަރާތެއް ނޫން ކަމަށެވެ. އަދި އަމުރެއް ނުނެރުނަސް، އިއާދަ ނުކުރެވޭނެ ގެއްލުމެއް ނުލިބޭނެ ކަމަށާއި އަދި ގާނޫނީ ގޮތުން ހިމާޔަތް ހޯދަންޖެހޭ ހައްގެއް އެ މައްސަލާގައި ފެންނަން ނެތް ކަމަށެވެ.
އެހެންވެ، ނަޝީދު އެދިވަޑައިގަތް އަމުރު ނެރެދެވެން ނެތް ކަމަށް ކޯޓުގެ ނިންމުމުގައިވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!