ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ "އީޓް އެން އެޕަލް ޑޭ" ނުވަތަ އާފަލު ކާ ދުވަސް ފާހަގަކުރުމުގެ ގޮތުން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން ހިލޭ އާފަލު ބެހުމުގެ ހަރަކާތެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ.

މި ދުވަސް ފާހަގަ ކުރަނީ ކޮންމެ ސެޕްޓެމްބަރު މަހެއްގެ ތިން ވަނަ ހޮނިހިރު ދުވަހު އެވެ. މި އަހަރު މި ދުވަސް ދިމާވެފައިވަނީ މިއަދާއެވެ.

Ad
rt

އެސްޓީއޯއިން މި ދުވަސް ފާހަގަކުރުމަށް ހަރަކާތް ކުރިއަށް ގެންދިޔައީ މިއަދު ހަވީރު އެސްޓީއޯ ޕާކުގައެޗެ. ހަވީރު 4:00 ން އިރުއޮއްސި 6:00 އަށް ކުރިއަށް ގެންދިޔަ މި ހަރަކާތުގެ ބޭނުމަކީ ދުޅަހެޔޮ ސިއްހަތެއް ޕްރޮމޯޓު ކުރުމެވެ.

އެސްޓީއޯ ޕާކަކީ އެސްޓީއޯ ހެޑް އޮފީހުގެ އުތުރުން އޮންނަ ވެސްޓު ޕާކު ސަރަހައްދުގައި އެސްޓީއޯއިން ގާއިމް ކޮށްފައިވާ ޕާކެވެ.

އެސްޓީޢޯ ޕީޕަލްސް ޗޮއިސްއިން އަންނަނީ އެކި ބްރޭންޑުތަކުގެ އާފަލު ވިއްކަމުންނެވެ. އޭގެ ތެރޭގައި ޕިންކް ލޭޑީ، ކުއީން އެޕަލް، ޕްރިންސް، ރޯޔަލް ބިއުޓީ، ރޯޔަލް އަދި ގްރީން ފަދަ އެކި ބާވަތުގެ އާފަލު ހިމެނެއެވެ.