މިއަހަރުގެ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ ހއ. އުތީމުގައިކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ މިއަހަރުގެ ގައުމީ ދުވަހުގެ ޖަލްސާ ބޭއްވުމަށް ނިންމާފައިވަނީ ހއ. އުތީމުގައި ކަމަށެވެ.

Ad
rt

އެހެން ނަމަވެސް، ގައުމީ އިނާމު ދިނުމަށް އޮކްޓޯބަރުމަހު މާލޭގައި ޖަލްސާއެއް ބާއްވާނެ ކަމަށް ވިދާޅުވިއެވެ.

ޤައުމީ ދުވަސް ރާއްޖޭގައި ފާހަގަކުރަމުންދަނީ ކޮންމެ އަހަރެއްގެ ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަހުއެވެ. މިއަހަރު އެ ދުވަސް ދިމާވަނީ މިމަހުގެ 26 ވަނަ ދުވަހާއެވެ.

ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ ހއ. އުތީމުގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު ގައުމީ ދުވަސް ނިސްބަތްވާ، ބޮޑު ތަކުރުފާނު ނުވަތަ އައްސުލްތާނު މުހައްމަދު ތަކުރުފާނުލް އަޢުޒަމްއަކީ އުތީމު ބޭފުޅެކެވެ.