ގދ. ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް އިއްޔެ ފަށައިފިއެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކުރީ މިދިޔަ އޮގަސްޓް މަހުގެ ކުރީކޮޅުގައެވެ.

Ad
rt

އާބާދީގައި 1،385 މީހުން ދިރިއުޅޭ ރަތަފަންދޫއަށް ރަށްގިރުމުގެ މައްސަލަ ކުރިމަތިވަމުންދާ އެތައް އަހަރެއްވެފައިވާ އިރު، ރަށްގިރުމާއި ހުޅަނގުގައި އުދަ އެރުމުގެ ސަބަބުން ރަށުގެ ގޮނޑުދޮށުގެ ބޮޑުބައެއް ގިރައި ރަށުގެ އެތެރޭގެ ބޮޑުބަޔަކަށް އުދައެރުމުގެ މައްސަލަ ކުރިމަތިވެއެވެ. އެހެންކަމުން މި މަޝްރޫއު ނިމޭއިރު އެ މައްސަލައަށް ހައްލު ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

މި މަޝްރޫއުގެ ދަށުން ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމަށްޓަކައި 461 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި 240 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 6،600 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމުގެ މަސައްކަތް ކުރާނެއެވެ.

މިއީ 27.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.