ސެމްސަންގުން މިއަހަރު ދުނިޔޭގެ ބާޒާރަށް ނެރުނު “ޒީ ފޯލްޑް 4” އުރީދޫގެ އީކޮމާސް ޕްލެޓްފޯމް، “މޫލީ” ގައި ވިއްކަން ފަށައިފިއެވެ.

އެ ކުންފުނިން މިއަދު ބުނީ، ހުރިހާ ކަސްޓަމަރުންނަށް ވެސް ފަތް ޖެހޭ މި ފޯނު މޫލީ އާއި އެކުންފުނީގެ އެކްޕީރިއެންސް ސެންޓަރުތައް މެދުވެރިކޮށް އޯޑަރު ކުރެވޭނެ ކަމަށެވެ. ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރި މީހަކު ވިޔަސް އެ މީހެއްގެ ގެ އަށް އެ ފޯނު ޑެލިވަރީ ކޮށްދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

Ad
rt

ސެމްސަންގް ޒީ ފޯލްޑް ފޯނަކީ ޕްރިމިއަމް ފޯނެކެވެ. މި ފޯނަކީ މިވަގުތު މާކެޓުގައި މިހާރު ހުރި އެންމެ އަގު ބޮޑު ފޯނުތަކުގެ ތެރޭގައި ހިމެނޭ ފޯނެކެވެ.

މި ފޯނަކީ 7.6 އިންޗީގެ ޑިސްޕްލޭއެއް ހުންނަ ފަތް ޖަހާލެވޭ ފޯނެކެވެ. މި ފޯންކީ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައި ފޯނެކެވެ.

އެކުންފުނީގެ އެކްޕީރިއެންސް ސެންޓަރުތައް މެދުވެރިކޮށްނާއި މޫލީ އިން ލިބެން ހުރީ ސެމްސަން ޒީ ފޯލްޑް 4 ފޯނުގެ 25 ޖީބީގެ ފެންޓަމް ބްލެކް ކުލައިގެ ފޯނެވެ. މި ފޯނު މޫލީއިން ލިބެން ހުރީ 31،999 ރުފިޔާއަށެވެ.

މި ފޯނުތައް މޯލްޑިވްސް އިސްލާމިކް ބޭންކުގެ އިންސްޓޯލްމަންޓް ސްކީމު މެދުވެރިކޮށް ވެސް ލިބެން ހުންނާނެއެވެ.

މި ފޯނު މިވަގުތު ގަތުމުން ހަ މަސް ދުވަސް ވަންދެން ކޮންމެ މަހަކު ވަން ޑްރައިވްއިން 100 ޖީބީ ހިލޭ ލިބޭނެއެވެ. އަދި 3 މަސް ދުވަހު ސްޕޮޓިފައި ހިލޭ ލިބޭއިރު 100 ޖީބީ ބޯނަސް ޑޭޓާ ވެސް ލިބޭނެއެވެ.