ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ ދަށުން ސްޕީޑް ފެރީގެ ހިދުމަތް ދިނުމަށް ހއ. ބާރަށުގައި ހަދާ ފެރީ ހަޓްގެ މަސައްކަތް ނިންމާލައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަސައްކަތް ނިމިފައިވަނީ މިއަދެވެ.

Ad
rt

މި ފެރީ ހަޓަކީ އާރުޓީއެލްގެ ފެރީ ގެ ޙިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް ބޭނުންތެރި ތަނަކަށް ވާނެ ކަމަށް އެމްޓީސީސީން އުއްމީދު ކުރެއެވެ.

މި މަޝްރޫއުގެ ދަށުން، ކިއޮސްކަކާއި، ވެއިޓިން އޭރިއާއަކާއި ޔުނިވާސަލް ޓޮއިލެޓެއް ވަނީ ހަދައިފައެވެ.

އާރުޓީއެލް ފެރީގެ ހިދުމަރް ހއ. އަދި ހދ. ގައި ވަނީ މިހާރު ރަސްމީކޮށް ފަށައިފައެވެ. މިއާއެކު ދަތުރުފަތުރުން ދެ އަތޮޅު ގުޅުވާލެވިފައިވާއިރު ށ. އަތޮޅުގެ ހިދުމަތް ފެށުމަށް މިހާރު އެމްޓީސީސީން އަންނަނީ ތައްޔާރުވަމުންނެވެ. މިގޮތުން އެ އަތޮޅުގައި ފެރީގެ ޚިދުމަތް ފެށުމަށް ބޭނުންވާ ފެރީތައް އިއްޔެ ވަނީ ފޮނުވާފައެވެ.