ބ. ކެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެ ކުންފުނިން ބުނި ގޮތުގައި މި މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ހަތަރުވަނަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ.
މި މަޝްރޫއުގެ ދަށުން ބޭރުތޮށި ލުމުގެ މަސައްކަތުގެ 60 އިންސައްތަ ވަނީ ނިމިފައެވެ.
މި މަޝްރޫއުގެ ދަށުން، ފަތާ ސަރަހައްދެއް ކޮނުމާއި، 803 މީޓަރު ބޭރުތޮށި ލުމާއި، 80 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 90 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތް ކުރާނެއެވެ.
މިއީ 39.9 މިލިޔަން ރުފިޔާގެ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!