ލ. ގަމު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތެވެ.

Ad
rt

މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގައެވެ.

އެމްޓީސީސީން ބުނީ, އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގާ ޖެހުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ބަނދަރު ފުން ކުރުމާއި 310 މީޓަރުގެ އެއްގަމު ތޮށި ލުމާއި 360 މީޓަރު ސޭންޑް-ފިލް ބްރޭކް ވޯޓާ ޖެހުމާއި 128 މީޓަރުގެ ބޮޑު ހިލައިގެ ބޭރު ތޮއްޓެއް ލުމާއި 17 މޫރިންގ ރިންގު ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ.

އަދި 20 މޫރިން ބޮއި ހަރުކުރުމާއި އެއްގަމު ތޮށިލުމަށް ބްރިޖެއް އެޅުމާއި 1،550 އަކަ މީޓަރުގެ ޕޭމަންޓް ހެދުމާއި މަގުބައްތި ހަރުކުރުން ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

މިއީ 24.71 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.