އެސްޓީއޯއިން ގެދޮރުވެރިންނަށް ހާއްސަ އޮފާއެއް ތައާރަފު ކޮށްފިއެވެ.

“މަގޭ ހިޔާ” ގެ ނަމުގައި ތައާރަފު ކުރި މި ޕްރޮމޯޝަން މިއަދުން ފެށިގެން އަންނަ ނޮވެމްބަރު މަހުގެ 10 އާ ހަމައަށް ކުރިއަށްދާނެއެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ އެސްޓީއޯ ޕިޕިލަސް ޗޮއިސްގައެވެ.

Ad
rt

މި ޕްރޮމޯޝަމުގެ ދަށުން ބޮޑެތި ޑިސްކައުންޓުތައް ލިބޭއިރު ލަކީޑްރޯއެއްވެސް ކުރިއަށްދާނެއެވެ. ޕްރޮމޯޝަނުގައި ޑިސްކައުންޓް ދިނުމުގައި ތިން ކެޓަގަރީއެއް ވަނީ ކަނޑައަޅައިފައެވެ. އެއީ

- ރިހި (15،000ރ.-25،000ރ. ގެ މުދާ) : 12 އިންސައްތަ ޑިސްކައުންޓް
- ރަން (25،000ރ.-35،000ރ. ގެ މުދާ): 15 އިންސައްތައިގެ ޑިސްކައުންޓް
- ހުދު ރަން (35،000 ން މަތީ ވިޔަފާރި): 18 އިންސައްތަ ޑިސްކައުންޓް

މި ޕްރޮމޯޝަމުގެ ދަށުން ކުރިއަށްގެންދާ ގްރޭންޑް ލަކީ ޑްރޯގެ އެއްވަނަ އަށް ހޮވޭ ފަރާތަކަަށް 20،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު ދެވަނަ އިނާމަކަށް 10،000 ރުފިޔާ ގެ ފައިސާގެ އިނާމު އަދި ތިން ވަނަ އިނާމަކަށް 5،000 ރުފިޔާގެ ގިފްޓް ވޮއުޗަރެއް ވަނީ ހުށަހަޅައިފައެވެ.

މި ޕްރޮމޯޝަނުގައި އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި މި ޕްރޮމޯޝަންގައި ހިމެނޭ އައިޓަމްތަކަށް ހޭދަކުރާ ކޮންމެ 5،000 ރުފިޔާއަކަށް ކޫޕަނެއް ލިބޭނެއެވެ.