ފްރާސްލީގުގައި އާދިއްތަ ދުވަހުގެ ރޭ ކުޅުނު މެޗުން 7-1 ގެ ނަތީޖާއިން ލިއޯ ބަލިކޮށް ޕީއެސްޖީ މޮޅުވިއިރު އެމްބާޕޭ ހެޓްރިކް ހަދައިފިއެވެ.
އެމްބާޕޭ ހެޓްރިކް ހަދާފައިވަނީ މެޗުގެ އެއްވަނަ މިިނިޓާއި، 66 އަދި 87 ވަނަ މިނެޓުގައި ޖެހި ގޯލު ތަކުންނެވެ. ފުރަތަނަ ގޯލު މެސީގެ އެހީތެރިކަމާއެކު ކާމިޔާބު ކޮށްދިންއިރު ފަހު ދެގޯލު ޖަހައިފައިވަނީ ނޭމާގެ އެހީތެރިކަމާއެކުގައެވެ.
އެމްބާޕޭ ޖެހި ފަހު ގޯލަކީ މި ސީޒަންގައި 3 މެޗުން ޕީއެސްޖީއިން ޖެހި 17 ވަނަ ގޯލެވެ. އެމްބާޕޭގެ 4 ވަނަ ގޯލެވެ. ނޭމާގެ 5 ވަނަ އެސިސްޓްއެވެ.
މި މެޗުގައި ޕީއެސްޖީން ދެން ގޯލް ޖަހާފައިވަނީ ނޭމާ ދެގޯލު ،މެސީ އަދި ހަކީމީ ކޮންމެ ކުޅުންތެރިއަކު 1 ގޯލެވެ. ނޭމާ ގޯލު ޖަހާފައިވަނީ 43 އަދި 52 ވަނަ މިނެޓުގައެވެ. މެސީ 28 ވަނަ މިނެޓުގައި ގޯލު ޖެހިއިރު ހަކީމީ ގޯލު ޖަހައިފަައިވަނީ 39 ވަނަ މިނެޓުގައެވެ.
ލިއޯ އިން މެޗުގައި ޖެހި ހަމަ އެކަނި ގޯލް ޖަހާފައިވަނީ މެޗުގެ 54 ވަނަ މިނެޓްގައި ޖޮނަތަން އެވެ. މީ މި ދެޓީމު އެންމެ ފަހުން ބައްދަލުކުރި 5 މެޗުގެ ތެރެއިން ޕީއެސްޖީ ކާމިޔާބު ކުރި 3 ވަނަ މެޗްއެވެ.
ލީގުގައި ޕީއެސްޖީއިން ދެން ނުކުންނާނީ މިމަހު 28 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ވާދަވެރި މޮނާކޯއާއި ދެކޮޅަށެވެ.
ލީގުގައި ޕީއެސްޖީ ކުޅުނު 3 މެޗުން ވަނީ މޮޅުވެފައެވެ. މޮނާކޯ 3 މެޗު ކުޅުނު އިރު ފުރަތަމަ މެޗުން މޮޅުވެ ދެވަނަ މެޗް އެއްވަރުވެ ތިންވަނަ މެޗުން ވަނީ ބަލިވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!