ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށް “މަގޭ ޕަވަ ޕެކް” ޑޭޓާ ޕެކޭޖުތަކެއް އުރީދޫ މޯލްޑިވްސް އިން ތައަރާފްކޮށްފިއެވެ.

ކަސްޓަމަރުންގެ ތަޖުރިބާ ފުރިހަމަ ކުރުމަށް އުރީދޫ އިން މިވަނީ ދެ ޕެކޭޖެއް ތައާރަފު ކޮށްފައެވެ. މިއީ ކަސްޓަމަރުންގެ ޑެއިލީ އަދި މަސް ދުވަހުގެ ޕްލޭންތަކަށް ބަލައި ތައްޔާރު ކޮށްފައިވާ ޕެކޭޖުތަކެކެވެ.

Ad
rt

މި ދެ ޕެކަކީ މަގޭ ޕަވަ ޕެކް 50 އަދި މަގޭ ޕަވަ ޕެކް 500 އެވެ.

މަގޭ ޕަވަ ޕެކް 50 އަކީ އެންމެ 50 ރުފިޔާއަށް 10 ޖީބީ ލިބިގެންދާ ޑޭޓާ ޕެކެކެވެ. މި ޕެކުގެ ބޭނުން އެއް ދުވަހަގެ މުއްދަތަށް ކަސްޓަމަރުންނަށް ކުރެވޭނެއެވެ.

މަގޭ ޕަވަ ޕެކް 500 އަކީ 500 ރުފިޔާއަށް މުޅި މަސް ދުވަހު ބޭނުން ކުރެވޭނޭހެން ތައްޔާރު ކޮށްފައިވާ ޑޭޓާ ޕެކެކެވެ. މި ޕެކު އެކްޓިވޭޓް ކުރުމުން 50 ޖީބީ ލިބިގެންދާނެއެވެ.

އުރީދޫ އިން އަންނަނީ އެ ކުންފުނީޔެ ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންގެ ވެސް އިންޓަނެޓް ތަޖުރިބާ ފުރިހަމަ ކުރުމަށް ގިމަ މަސައްކަތްތަކެއް ކުރަމުންނެވެ.