ހުކުރު ދުވަހު އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ވިޔަފާރިކޮށްގެން ހަދިޔާއެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.
"ޖުމްއާ ސްޕެޝަލް" ގެ ނަމުގައި މި ޕްރޮމޯޝަން ފަށާފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. މި ޕްރޮމޯޝަނުގެ ދަށުން ކޮންމެ ހުކުރު ދުވަހެއްގެ ހެނދުނު 8:30 އިން 10:30 އާ ދެމެދު އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ކުރާ ކޮންމެ ވިޔަފާރިއަކަށް ހަދިޔާއެއް ލިބޭނެއެވެ.
އެސްޓީއޯއިން މައުލޫމާތުދޭ ގޮތުގައި މި ޕްރޮމޯޝަންގެ ދަށުން ކަސްޓަމަރުންނަށް ލިބޭ ހަދިޔާ ގުޅުވާލާފައިވަނީ ހުކުރު ދުވަހު އާއްމުކޮށް ކައްކާ އުޅޭ ތަކެއްޗާއެވެ.
ޕްރޮމޯޝަން ފެށުމުގެ ގޮތުން މިދިޔަ ހުކުރު ދުވަހު އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ވިޔަފާރިކުރި ކޮންމެ ކަސްޓަމަރަކަށް ޗޮއިސް ބްރޭންޑްގެ ބާސްމަތީ ހަނޑޫ ޕެކެޓެއް ވަނީ ހަދިޔާކޮށްފައެވެ.
މި ޕްރޮމޯޝަނުގެ ދަށުން ކޮންމެ ހަފްތާއަކު ދޭ ހަދިޔާ ތަފާތުވާނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!