އެސްޓީއޯއިން ވިއްކަމުން އަންނަ ތެލުގެ އަގު ކުޑަކޮށްފިއެވެ.
އެ ކުންފުނިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްވަމުން ދިއުމާ ގުޅިގެން އެ ކުންފުނިން ވެސް މާދަމާއިން ފެށިގެން ތެކުގެ އަގު ކުޑަކުރަން ނިންމާފައިވާ ކަމަށެވެ.
އެ ގޮތުން، 16.77 ރުފިޔާއަށް ވިއްކަމުންއައި ޑީސަލް ލީޓަރެއް މާދަމާއިން ފެށިގެން 16.32ރ. އަށް ލިބޭނެ ކަމަށާއި 16.55 ރުފިޔާއަށް ވިއްކަމުންއައި ޕެޓްރޯލް ލީޓަރެއް 15.97 ރުފިޔާއަށް ލިބޭނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.
އެ ކުންފުނިން ބުނީ ދުނިޔޭގެ ހާލަތު ބަދަލުކުރުވި ކޮވިޑާއި ރަޝިއާ- ޔޫކްރޭން ހަނގުރާމައާ ގުޅިގެން، ފާއިތުވި ހަތް އަހަރު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ނުއުފުލޭ ވަރަށް މި އަހަރު އުފުލުނު ކަމަށެވެ. އެހެންވެ، އެސްޓީއޯއަށް ވެސް ތެޔޮ ފޯރުކޮށްދިނުމަށް ގޮންޖެހުންތަކާ ދިމާވިކަމަށް އެ ކުންފުނިން ބުންޏެވެ.
We have reduced our fuel prices! pic.twitter.com/3hhF5btLF0
— STO (@stoplc) August 17, 2022
ފާއިތުވި ހަ މަހު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އެތައް ފަހަރަކު އުފުލުނު ނަމަވެސް އެސްޓީއޯއިން އަގު ބޮޑުކުރީ އެންމެ ދެ ފަހަރު ކަން އެ ކުންފުނިން ވަނީ ފާހަގަ ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!