އުރީދޫ މޯލްޑިވްސްގެ ޗެއާޕާސަން ފާތިމާ އަލް ކުވާރީގެ ދައުވަތަކަށް ދައުލަތުގެ 3 އަންހެން ވަޒީރުން ގަތަރަށް ވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި ގަތަރަށް ވަޑައިގަތީ މިނިސްޓަ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ، އާމިނަތު ޝައުނާއާއި، އެޑިއުކޭޝަން މިނިސްޓަރު ޑރ ޢާއިޝަތު ޢަލީއާއި، މިނިސްޓަ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް، ޔުމްނާ މައުމޫންއެވެ. މިއީ ދެ ދުވަހުގެ ދަތުރުފުޅެކެވެ.

Ad
rt

މިއީ ގަތަރާއި ރާއްޖެއާއި އެކު އޮންނަ ގުޅުން އިތުރަށް ބަދަހި ކުރުމުގެ ގޮތުން އުރީދޫގެ ފަރާތުން އިންތިޒާމް ކުރި، ރާއްޖޭގެ މިނިސްޓަރުންގެ ދަތުރުފުޅެކެވެ.

އެކި ސިނާއަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރު، ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ އެހީގައި މުއްސަނދިކުރުމަށް ގައުމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ގަތަރުގެ މުހިންމު މުއައްސަސާތަކާއެކު ބައްދަލުކުރެއްވުންތަކެއް މި ދަތުރުފުޅު މިނިސްޓަރުން ބޭއްވެވިއެވެ.

މިދަތުރުފުޅުގައި، ޤަތަރުގެ ޤައުމީ ކުތުބުހާނާގެ މަސައްކަތްތަކާއި އިންތިޒާމްތައް މިނިސްޓަރުން ބައްލަވާލެއްވިއެވެ. އަދި
ގަތަރު ފައުންޑޭޝަންގެ ކަންކަންވެސް ބައްލަވާލެއްވިއެވެ.

އެ ޤައުމުގެ ތިމާވެއްޓާއި ބެހޭ ވަޒީރާއި ޓެކްނޯލޮޖީގެ ވަޒީރާއި، މިނިސްޓަރު ޝައުނާ ބައްދަލުކުރައްވަައި މިދާއިރާތަކުން ގުޅިގެން މަސައްކަތް ކުރެވޭނެގޮތްތަކާއި ބެހޭގޮތުންވަނީ މަޝްވަރާ ކުރެއްވާފައެވެ.