އޮޑިޓަ ޖެނެރަލް އޮފީހުގެ އައު އިމާރާތުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.

މި މަޝްރޫއު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ. އޮޑިޓަ ޖެނެރަލް އޮފީހުގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަ އޮފް ކޯޕަރޭޓް ސާވިސަސް، ނިޝްފާ ފިރާޤްއެވެ.

Ad
rt

މި އިމާރާތަކީ، 40.426,17 އަކަ ފޫޓުގެ ސަރަހައްދެއްގައި 10.718,77 އަކަ ފޫޓުގެ ޖާގަ ލިބޭ ގޮތަށް ތަރައްޤީކުރެވޭ އިމާރާތެކެވެ. ހަ ފަންގިފިލާގެ މި އިމާރާތުގެ އުސްމިނުގައި 1.23 މީޓަރު ހުންނާނެއެވެ.

67.138 މިލިއަން ރުފިޔާގެ މި މަޝްރޫއު 730 ދުވަހުގެ ތެރޭ ނިންމުމަށް އެމްޓީސީސީން ވަނީ އެއްބަސްވެފައެވެ.

ވޭތުވެދިޔަ 3 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫއުތަކެއް ނިންމާފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްގީގެ ދަތުރުގެ މުހިއްމު މަރުހަލާއެއްގައެވެ.

ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްގީ އާއި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.