އުރީދޫ މޯލްޑިވްސްގެ އާ ލޯގޯ ދައްކާލައިފިއެވެ.
އެ ކުންފުނީގެ އާ ލޯގޯ ތައާރަފު ކޮށްދެއްވީ އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ ޚާލިދު ހަސަން އަލް ހަމާދީއެވެ.
މި ލޯގޯ އުރީދޫއިން އެންމެ ފުރަތަމަ ދައްކާލާފައިވަނީ ކަނޑު އަޑިންނެވެ. ރާއްޖޭގައި ލޯގޯ ދައްކާލަން އެއަށްވުރެ ރީތި ގޮތެއް ނޯންނާނެ ކަމަށް އިރީދޫއިން ބުނެއެވެ.
އުރީދޫއިން އާއްމު ކުރި ވީޑިއޯގައި ފެންނަނީ ޚާލިދު އާއި އިތުރު ބޭފުޅަކު ފީނުމަށް ދާ މަންޒަރެވެ. އޭނާ ފީނުމަށްފަހު އުރީދޫޔެ އާ ލޯގޯ ދައްކާލައެވެ. އަދި އެ ލޯގޯ ހިފައިގެން މައްޗަށް އަރާ މަންޒަރުވެސް ފެނެއެވެ.
What better way to reveal our updated brand look and new logo in the Maldives, than under the crystal clear waters of this beautiful country!#UpgradeYourWorld pic.twitter.com/Bi7FySuBw9
— Ooredoo Maldives (@OoredooMaldives) August 10, 2022
އުރީދޫގެ ކުރީގެ ލޯގޯގައި ފެންނަނީ ހުދު ކުލައިގެ އަކުރުތަކުގައި ރަތް ކުލަ ވަށައިގެންނެވެ. ނަމަވެސް އާ ލޯގޯގައި ނަން ލިޔެފައި ވަނީ ރަތް ކުލައިންނެވެ.
އުރީދޫ މޯލްޑިވްސް އިން އެ ކުންފުނީގެ ލޯގޯ ބަދަލުކޮށްފައިވަނީ އެ ކުންފުނީގެ އަހަރީ ދުވަހާ ގުޅުވައިގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!