ރާއްޖޭގެ އެންމެ ބޮޑު ބައިނަލްއަގްވާމީ ޓްރެވަލް ޓްރޭޑް ޝޯ "ޓީޓީއެމް މޯލްޑިވްސް 2022" ގެ ޕްލެޓިނަމް ޕާޓްނަރަކަށް އުރީދޫ ހަމަޖައްސައިފިއެވެ.
ޓީޓީއެމް މޯލްޑިވްސްގެ އެ ހަރަކާތް އިންތިޒާމުކުރާ އޯކާ މީޑިއާ ގްރޫޕުން ބުނީ، އެ ހަރަކާތުގެ ބައިވެރިން "އެކްސްކްލޫސިވް" ކޮށް ޓީޓީއެމް ސަމިޓުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އަދި ރަޖިސްޓްރީ ކުރާ އެގްޒިބިޓަރުންނަށް "ކަނެކްޓް" ސޮފްޓުވެއާ މެދުވެރިކޮށް، ދާއިރާގެ އިސް ފަރާތްތަކާ ބައްދަލުކޮށް، ވިޔަފާރީގެ މަޝްވަރާ ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް ބުންޏެވެ.
އޯކާ އިން ބުނިގޮތުގައި، 500 އެއްހާ ޓްރެވެލް ޓްރޭޑް ޕްރޮފެޝަނަލުންގެ މެދުގައި 3،000 އަށް ވުރެ ގިނަ ޕްރީ ޝެޑިއުލްޑް މީޓިން ކޮންމެ އަހަރަކު ވެސް ބުކް ކުރެވެއެވެ. އަދި އެ ބައްދަލުވުމުގައި ބިލިންއަނެއްހާ ޑޮލަރުގެ އެއްބަސްވުންތަކާ ގުޅޭ މަޝްވަރާކުރާ ކަމަށް ވެސް ބުންޏެވެ.
މި ފަހަރުގެ ޓީޓީއެމް "ކަނެކްޓް" ބައްދަލުވުންތައް އޮންނާނީ މި މަހުގެ 23 އިން 24 އަށް މީރުމާ ހޮޓެލްގެ ކޮންފަރެންސް ރޫމުގައެވެ. ޓީޓީއެމްގެ ސަމިޓާއި އެވޯޑު އަދި ގާލާ ހަފުލާ ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 25 ގައި ކްރޮސްރޯޑުގައެވެ.
މި ފަހަރުގެ ހަރަކަތުގައި 200 އަށް ވުރެ ގިނަ ހޮޓެލިއާސް އާއި ސަޕްލަޔަރުންނާއި ދާއިރާއާ ގުޅުން ހުރި ބޭރުގެ އެކި ފަރާތްތަކުން ބައިވެރިވާނެއެވެ.
މިއީ އުރީދޫން ޓީޓީއެމް ޓްރޭޑް ޝޯގެ ޕްލެޓިނަމް ޕާޓްނަރެއްގެ ގޮޮތުގައި ސޮއިކުރާ ފަސް ވަނަ އަހަރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!