ސްޓޭޓް ޓްރޭޑީން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ރޭޑިއޮގްރަފީ ކޯހާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް މާދަމާ ކުޅުދުއްފުށި ސިޓީގައި ބާއްވަން ނިންމައިފިއެވެ.
މާދަމާ ބާއްވާ މި ސެޝަނުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ. މި ސެޝަން ކުރިއަށްދާނީ އަފީފުއްދީން ސްކޫލްގައި ހަވީރު 4:00 އިން 6:00 އަށެވެ.
އެސްޓީއޯއިން ވަނީ މި ކޯހުގެ މައުލޫމާތު ސެޝަނެއް އެ ކުންފުނީގެ ޓްރޭޑް ސެންޓަރުގައާއި އޮންލައިން ކޮށްވެސް ކުރިއަށް ގެންގޮސްފައެވެ. މި ސެޝަންތަކަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށް އެސްޓީއޯއިން ބުންޏެވެ.
އެސްޓީއޯގެ ރޭޑިއޮގްރަފީ ކޯސް ފަށާނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. މިއީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއާ އެލައިޑް ހެލްތް ކައުންސިލުން ގަބޫލުކުރާ އެ އިދާރާތަކުގެ ހުއްދަ ލިބިފައިވާ ކޯހެއް ކަމަށް އެސްޓީއޯއިން ބުންޏެވެ.
އޭލެވެލްގެ ސައިންސް ސްޓްރީމްގެ ދެ މާއްދާއިން ފާސްވެފައިވާ މީހުންނަށް ކޯހަށް ވަދެވޭނެއެވެ.، އެގޮތުން ފުރަތަމަ ބެޗުގައި ކޯހަށް ހޮވޭ 25 މީހުންގެ ކޯސް ފީ ހަމަޖައްސާނީ އެސްޓީއޯއިންނެވެ. މިއީ ލެވެލް 5، ޑިޕްލޮމާ ފެންވަރުގެ ކޯހެކެވެ. މި ކޯހުގެ މުއްދަތަކީ 2 އަހަރާއި 6 މަސް ދުވަހެވެ.
އެސްޓީއޯއިން ބުނީ ކޯހުގެ ކިޔެވުން ކުރިއަށްދާނީ 2 އަހަރަށް ކަމަށާއި އިންޓާންޝިޕް މުއްދަތަކީ 6 މަސް ކަމަށެވެ. އިންޓާންޝިޕް ދިނުމަށް އޭޑީކޭ ހޮސްޕިޓަލާއެކު އެސްޓީއޯއިން ވަނީ ސޮއި ކޮށްފައެވެ.
We are visiting Haa Dhaalu Kulhudhuffushi on 10th August 2022 to conduct an information session on Diploma in Radiography. Please join us. pic.twitter.com/WYeXoOrNfg
— STO (@stoplc) August 9, 2022
ރޭޑިއޮގްރަފީ ކޯހުގެ ކިޔެވުން ކުރިޔަށް ގެންދާނީ އެސްޓީއޯ ޓްރޭޑް ސެންޓަރުގައި 2019 އަހަރު ރަޖިސްޓަރީ ކުރެވުނު އެސްޓީއޯ ޓްރެއިނިން އިންސްޓިޓިއުޓް އަދި 2021 ވަނަ އަހަރުގެ ޖޫންމަހު ހުޅުވި އެސްޓީއޯ ޖީއީ ސްކިލް ލެބުގައެވެ.
މީގެ ޝެޝަންއެއް މިއަދު ހއ. ދިއްދޫގައިވެސް ވަނީ ކުރިއަަށް ގެންގޮސްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!