އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން “ޕެކެޓަކަށް ތައްޓެއް” ގެ ނަމުގައި އެ ކުންފުނީގެ “ބެކް ޓު ސްކޫލް” ޕްރޮމޯޝަންގެ ތެރެއިން ޕްރޮމޯޝަނެއް ފަށައިފިއެވެ.
އެ ކުންފުނިން ބުނީ މިއީ ޑެވަންޑޭލް ކިރަށް ޚާއްސަކޮށްގެން ކުރިއަށް ގެންދާ ޕްރޮމޯޝަނެއް ކަމަށެވެ.
މި ޕްރޮމޯޝަން ގައި އެސްޓީއޯއިން ވިއްކާ ޑެވަންޑޭލް ހިކި ކިރު ޕެކެޓެއް ނުވަތަ އެއް ލީޓަރުގެ ފުލް ކްރީމް ކިރު ޕެކެޓަށް ގަތުމުން ހިލޭ ތައްޓެއް ލިބޭނެއެވެ.
އެސްޓީއޯ އިން ބުނީ ‘ބެކް ޓު ސޫކޫލް ޕްރޮމޯޝަން’ ގެ ދަށުން ކުރިޔަށް ގެންދާ މި ޕްރޮމޯޝަން އޮގަސްޓް މަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ.
މި ޕްރޮމޯޝަންގެ އިތުރުން ޑެވަންޑޭލް، އައިވީ އާއި ހެޕީ ކައު ބްރޭންގެ ތަކެތި ގަންނަ ފަރާތްތަކަށް ގިފްޓް ވައުޗަރާއި އެހެނިހެން އިނާމުތައް ވެސް ކަނޑައެޅިފައިވާ ކަމަށް އެސްޓީއޯއިން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!