ގދ. ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށަން ތައްޔާރުވެއްޖެ އެވެ.
މި މަޝްރޫއު ސަރުކާރުން ހަވާލު ކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. އެ ކުންފުނިން ބުނީ މަސައްކަތް ފެށުމަށް ތައްޔާރުވުމަށް އިއްޔެ ސައިޓް މޮބިލައިޒް ކޮށްފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން 461 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓު ޖަހައި. 240 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލާނެއެވެ. އަދި 6،600 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމަށް ވަނީ ހަމަޖެހިފައެވެ.
ރަތަފަންދޫއަކީ1،385 މީހުންގެ އާބާދީއެއް އޮންނަ ރަށެވެ. ހުޅަނގު މޫސުމުގައި ރަށް ގިރުމާއި ގޮނޑުދޮށުގެ ބޮޑުބައެއް ގިރައި އުދަ އެރުމުގެ މައްސަލައަކީ އެތައް އަހަރެއްވެފައިވާ މައްސަލައެކެވެ.
އެމްޓީސީސީން ބުނީ އެ ކުންފުނީގެ އަމާޒަކީ ރަތަފަންދޫއަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލަ ވީހާވެސް އަވަހަކަށް ހައްލުކޮށްދިނުން ކަމަށެވެ.
މި މަޝްރޫއު އެމްޓީސީސީއާ ހަވާލު ކޮށްފައިވަނީ 27.8 މިލިއަން ރުފިޔާއަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!