ޅ. ފެލިވަރު ބިންހިއްކުމާއި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްގޮސްފިއެވެ.
މި މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. އެ ކުންފުނިން ބުނި ގޮތުގައި މިވަގުތު ކުރެވެމުންދަނީ އެއްގަމު ތޮށި ލުމުގެ މަސައްކަތެވެ.
މި މަޝްރޫއުގެ ދަށުން، 6 ހެކްޓަރުގެ ބިން ހިއްކައި، 229,663.36 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމުގެ މަސައްކަތް ކުރާނެއެވެ.
މީގެ އިތުރުން، 220 މީޓަރުގެ އެއްގަމުތޮށި ލުމާއި، 148 މީޓަރުގެ ބޭރުތޮށި ލުމާއި، 270 މީޓަރުގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.
މިއީ 113.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!