ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ފޯނު ފޭރިގަނެގެން މީހަކު ދުވެ ފިލައިފި އެވެ.
މިކަން ކަށަވަރު ކޮށްދެއްވީ ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެވެ. އަދި މަޖިލީހުގެ
ރައްޔިތުން މަޖިލީހުގެ ރަސްމީ ވަޓްސްއެޕް ގުރޫޕަށް މެސެޖު ކުރައްވަވަމުން އީވާ ވިދާޅުވީ، ރައީސް ނަޝީދުގެ ދަރިކަނބަލުން، އީވާ އަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ރެސްޓޯރެންޓެއްގައި ކޭންބައްލަވަން ތިއްބާ ނަޝީދުގެ ފޯނު ފޭރިގަނެގެން މީހަކު ދުވެ ފިލާފައިވާ ކަމަށެވެ. އަދި ނަޝީދުގެ ނަމްބަރު ބްލޮކްކޮށްދެއްވުމަށް ވެސް ދަރިކަނބަލުން އެދިފައިވެ އެވެ.
މިއާއި އެކު މަޖިލީހުގެ ރަސްމީ ގުރޫޕުން ނަޝީދުގެ ނަންބަރު ވަނީ ބޭރުކޮށްފަ އެވެ.
ސީޝެލްސް އަށް ކުރެއްވި ރަސްމީ ދަތުރުފުޅަކަށްފަހު ނަޝީދު މިވަގުތު ހުންނެވީ އިނގިރޭސިވިލާތުގަ އެވެ. ނަޝީދުގެ އާއިލާ ދިރިއުޅުއްވަނީ އެގައުމުގަ އެވެ.
މަޖިލިސް މިވަގުތު ޗުއްޓީގައި އޮތްއިރު މި މަހުގެ 18 ވަނަ ދުވަހު މަޖިލީހުގެ ޖަލްސާތައް އަލުން ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.
ރައީސް ނަޝީދުގެ ފޯނު ފޭރިގެންފައި މި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހިލޭ އަންހެނަކާއި އެކު ޖިންސީ ގުޅުން ހިންގަވަނިކޮން ނަގާފައިވާ 4 ގަނޑު ފޮޓޯ އެމަނިކުފާނަށް މީހަކު ފޮނުވިކަމަށް ވިދާޅުވެފައިވަނިކޮންނެވެ.
ނަޝީދު އެހެން ވިދާޅުވެފައިވަނީ ލިވާތުކުރި ކަމުގެ ތުހުމަތުގައި ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު ހައްޔަރުކުރުމާ ވިދިގެން ކޯފާ އިސްކުރައްވާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ގުރޫޕަށް ކުރެއްވި މެސެޖެއްގައެވެ.
މަޖިލިހުގެ ރައީސްކަމުގެ މަގާމުން އެމަނިކުފާނު ވަކިކުރުމަށް ރައީސް ސާލިޙް ފެކްޝަންއަށް ނިސްބަތްވާ އެމްޑީޕީގެ ބައެއް މެމްބަރުން ގެންދަވަނީ ސޮއިކުރައްވަމުންނެވެ. މަޖިލިސް ހުޅުވުމާ އެކު އެ މައްސަލަ ވައްދާނެ ކަަމަށް މަޢުލޫމާތު ލިބެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!