ގދ. ކާޑެއްދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެ ކުންފުނިން ބުނި ގޮތުގައި މި މަސައްކަތް ނިންމާލައިފައިވަނީ މިދިޔަ މަހުގެ 25 ގައެވެ.

Ad
rt

މި މަޝްރޫއުގެ ދަށުން މިހާރު ހުރި ހާބަ ބޭސިން ފުންކުރުމާއި އެއްގަމުތޮށިލުމާއި ހާބަ ޕޭވްމަންޓް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވަނީ ނިންމާލައިފައެވެ.

ކާޑެއްދޫ ބަނދަރުގެ ބައެއް ވެއްޓުމުން އެތަން މަރާމާތުކޮށް ބަނދަރި ތަރައްގީ ކުރަން ސަރުކާރުން ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ. ކާޑެއްދޫއަކީ ގދ. އަތޮޅުގެ ގިނަ ބަޔަކު އެއާޕޯޓުގެ ހިދުމަތް ހޯދާ ރަށަކަށްވުމުން އެ ބަނދަރުގެ މަސައްކަތް އަވަހަށް ނިންމާލާފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.

އެ ކުންފުނިން ބުނި ގޮތުގައި މި ބަނދަރާއެކު ކާޑެއްދޫއިން ހިދުމަތް ހޯދާ ރައްޔޮތުންނަށް އިތުރު ލުއިފަސޭހަތަކެއްވާނެއެވެ.

އެމްޓީސީސީއާ މި މަޝްރޫއުގެ މަސައްކަތް ހަވާލު ކުރީ 9.52 މިލިއަން ރުފިޔާ އަށެވެ.