މިއަހަރުގެ ދެވަނަ ކުއާޓާގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް ސާފު ފައިދާގެ ގޮތުގައި 77 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

އެ ކުންފުނީގެ ކުއާޓާލީ ރިޕޯޓް ދައްކާ ގޮތުން މިއީ ހިއްސާއަކަށް ޖެހޭ އަދަދަށް ބަލާއިރު ހިއްސާއަކަށް 8.23 ރުފިޔާއެވެ. އަދި ސާފު ފައިދާ ވަނީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާ ބަލާއިރު 14 މިލިއަން ރުފިޔާގެ އިތުރުވުމެކެެވެ.

Ad
rt

އެމްޓީސީސީއަށް މި އަހަރުގެ ދެވަނަ ކުއާޓާގައި އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 593 މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނީ 423 މިލިއަން ރުފިޔާގެ އާމްދަނީއެކެެވެ.

އެ ކުންފުންޏަށް އޮޕަރޭޓިން ޕްރޮފިޓް 93 މިލިއަން ރުފިޔާގައި ހުރިއިރު 2021 ވަނަ އަހަރު ހުރީ 83 މިލިއަން ރުފިޔާގައެވެެ.

މިއަހަރުގެ ފުރަތަމަ ދެ ކުއާޓާ ނިމުނުއިރު 1.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ. އަދި ސާފު ފައިދާގެ ގޮތުގައި ދެ ކުއާޓަރުން 130 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

އަހަރަކަށްފަހު އަހަރެއް އެމްޓީސީސީގެ ފައިދާ ދަނީ އިތުރުވަމުންނެވެ.